2024 ވަނަ އަހަރު ހިރިޔާ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަގާމް އާމިނަތު ޒާހީ ޒައިދު ހޯދައިފިއެވެ. ޒާހީއަށް އެއްވަނަ ލިބުމުން، އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް މަރުހޫމް އަލީ ނާޒިމް އެވޯޑްވެސް އޭނާއަށް ލިބުނެވެ.

2024 ވަނަ އަހަރު ހިރިޔާ ސްކޫލުން ދެވަނައަށް ދިޔައީ އަބްދުﷲ އާލިފު އަބްދުލް މުހުސިނެވެ. ތިންވަނައަށް ދިޔައީ، އީޝަލް އަޙްމަދު ރަޝީދެވެ.
ރޭ ހިރިޔާ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމާއި، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ހިރިޔާއިން އެއްވަނައަށް ދިޔަ ޒާހީއަކީ، 2024 ވަނަ އަހަރު އެ ސްކޫލުގެ ކަރަންކާ ހައުސްގެ ކެޕްޓަނެވެ. ގިނަ ހަރަކާތްތަކެއްގައި ބައިވެރިވި، ޒާހީ ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 2ވަނަ ވެސް ހޯދާފައެވެ.

ދެވަނައަށް ދިޔަ އާލިފަކީ، 2024 ވަނަ އަހަރު ހިރިޔާ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން އޭނާއަށް ލިބުނީ ގަދަ ދިހައެއްގެ 4ވަނަ އެވެ.

ތިންވަނައަށް ދިޔަ އީޝަލްއަކީ 2024 ވަނަ އަހަރު މަލިކުރުވާ ހައުސްގެ ގޭމްސް ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން އޭނާއަށް ލިބުނީ، ގައުމީ ގަދަ ދިހައެއްގެ 4ވަނައެވެ.
advertisment
ހިޔާލު