ށ.ގޮއިދޫ ސުކޫލުގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ށ. މިލަންދޫ ސުކޫލުގެ ޕްރިންސިޕަލް އިބްރާހިމް އާދިލްއެވެ.

މުޅި ސުކޫލުން 2024 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އާމިނަތު މިޝްކާ ހަސަންއެވެ. މިޝްކާ ވަނީ ޤައުމީ ގަދަ ދިހައެއްގެ ފަޚްރުވެރި 7 ވަނަ ހޯދާފައެވެ. މިޝްކާއަކީ ބަރާބަރަށް ފިލާވަޅުތައް ނިންމާ ކިޔެވުމަށް ހިތްވަރާއެކު މަސައްކަތްކުރި ކުއްޖެކެވެ. މިސްކާއަކީ އެހެން މީހުންނަށް އިޚްތިރާމްކުރާ ކިޔަމަންތެރި ދަރިވަރެކެވެ.

މިޝްކާ ގެ ވާހަކައިގައި ކާމިޔާބު ހޯދުމުގައި މަންމަ އާއި ބައްޕަ ދެއްވި އެއްބާރުލުމާއި ކޮށްދެއްވި ބުރަ މިންނަތް މަސައްކަތަށް ޝުކުރުއަދާކުރިއެވެ.

ޕްރިންސިޕަލް ގެ ވާހަކަފުޅުގައި ދަރިވަރުންގެ ކަންކަން ގާތުން ބެލެނިވެރިން ބައްލަވަމުން ގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ދަރިވަރުން ކިޔެވުމުގައި ހީވާގީ ވުމާއެކު ދުވަހީ ތާވަލެއް ހަދާ 5 ރުކުނަށް ސަމާލުވެ. 5 ނަމާދު ޤާއިމުކުރުމަށް ނަސޭޚަތްތެރިވިއެވެ.

ޝަރަފްވެރި މެޚްމާނުގެ ވާހަކަފުޅުގައި ފަހުގެ ވަސީލަތްތައް ކިޔެވުމުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކަންކަމާމެދު ހުޅުވާލެވިފައިވާ ސިކުނޑިތަކަކުން ވިސްނެވުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ގެއަށްދޭ ފިލާވަޅުތައް ނިންމާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެންމެހާ ދަރިވަރުންނަށް ގޮވާލެއްވިއެވެ. އަދި މުޅިސުކޫލުން އެއްވަނަ ހޯދި ދަރިވަރު އާމިނަތު މިޝްކާ ހަސަންއާއި މިޝްކާގެ ބެލެނިވެރިންނަށް މަރުޚަބާ ދެންނެވިއެވެ.
advertisment
ހިޔާލު