މި ކޮންފަރެންސަށް 330 ދިރާސާ ކަރުދާސް ހުށައަޅާއިރު، ބޭރުގެ 23 ގައުމަކުން 77 ދިރާސާ ކަރުދާސް ހުށައަޅާނެ.
އެމްއެންޔޫގެ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ ފަށާނެއެވެ.
އޮގަސްޓް މަހުގެ 17ން 18 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަށް ބާއްވާ ސިމްޕޯޒިއަމް މިއަދު ވަނީ ނިންމާލާފައެވެ. މާދަމާ ހެނދުނު ތެވެލި ކޮންފަރެންސް ފަށާނެއެވެ.

މި ކޮންފަރެންސަށް ރަޖިސްޓްރީ ވުމުގެ މަސައްކަތް މިއަދު ވަނީ ނިންމާލާފައެވެ.
ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސަށް މި އަހަރު ވަނީ ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށައަޅާފައެވެ.
ތެވެލި 2026 ގެ ޝިޔާރަކީ، "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ"އެވެ.

ތެވެލި ކޮންފަރެންސް ޚާއްޞަ ވަނީ، ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މި ކޮންފަރެންސަކީ، ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ.

އެމްއެންޔޫގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެއެވެ.
advertisment
ހިޔާލު