މަތީ ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއް އިއުލާން ކުރުން އާދީއްތަ ދުވަހު

2019 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއް އިއުލާން ކުރުން އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ގަދަ ދިހައެއް އިއުލާން ކުރަން ބާއްވާ ޚާއްޞަ ޖަލްސާ މިފަހަރު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.

މި ޖަލްސާ ފަސްކުރީ ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިން ބާއްވަން ނިންމި ގޮތަށް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ކުރިން މި ޖަލްސާ ބާއްވަން ނިންމީ ފެބުރުއަރީ މަހުގެ 25 ގައެވެ. އެ ދުވަހު އިނާމް ދޭން ނިންމީ އެއްވަނަ އަށް ދާ ދަރިވަރުންނަށް އެކަންޏެވެ. ދެން ހުރި ވަނަތައް އިއުލާން ކުރުން ވާއްވަން ހަމަޖެއްސީ މާރޗް 21 ވަނަ ދުވަހު އޮންލައިން ބައްދަލުވުމެއްގައެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަތީ ސާނަވީ ގައުމީ ގަދަ ދިހައެއް އިއުލާން ކުރަން ބާއްވަން ނިންމި ޖަލްސާ ވަނީ އެރު ފަސްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *