މި އަހަރުގެ މެއި/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް އިމްތިޙާން ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ނަތީޖާ ދޫކުރަން ފެށީ މިއަދު މެންދުރު 12:00 އިން ފެށިގެންނެވެ. ނަތީޖާ ދޫކުރަނީ އެ ދަރިވަރަކު ބައިވެރިވި ސެންޓަރަކުންނެވެ.
މެއި/ޖޫންގައި، 13 ސެންޓަރެއްގައި 1229 ދަރިވަރުން އަމިއްލަ ގޮތުން އޭލެވެލް އިމްތިޙާނުގައި ހެދިއެވެ. އެއީ، މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި އައްޑޫ ހިތަދޫން ބައިވެރިވި 147 ދަރިވަރުންގެ އިތުރުން ފުވައްމުލަކުން ބައިވެރިވި 27 ދަރިވަރުންނެވެ.
މެއި/ ޖޫންގެ އޭލެވެލް އިމްތިޙާން މެދުކެނޑުނީ ކޮވިޑާ ގުޅިގެން 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން މެއި/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހަދަން ރާއްޖޭގެ ދަރިވަރުން ދިޔައީ އަވަށްޓެރި ސްރީލަންކާއަށެވެ. ޚަރަދުގެ ގޮތުން އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާތީ ގިނަ ދަރިވަރުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އެ އިމްތިޙާނު ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ މި އަހަރުއެވެ.
މެއި/ޖޫންގައި އެލޭވެލް އިމްތިޙާނު ބޭއްވި ނަމަވެސް ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުން އޭލެވެލް އިމްތިޙާނު ހަދާނީ އޮކްޓޫބަރު/ނޮވެމްބަރުގައެވެ.
advertisment
ހިޔާލު