އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓުން 29 ދަރިވަރުން ދަސްވެނިވެއްޖެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އިން ފުރަތަމަ ހިންގި ކޯހުގައި ބައިވެރިވި 29 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރި 29 ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އެއިމް) ވަނީ އިފްތިތާހުކޮށްފައެވެ. ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.

"އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އަކީ، އޭވިއޭޝަން ދާއިރާގައި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކާއި އެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ތަމްރީނު ދިނުމަށް އެމްއޭސީއެލްއިން ޤާއިމް ކުރި އިންސްޓިޓިއުޓެކެވެ.

އެމްއޭސީއެލްއިން ބުނީ، ސެޓްފިކެޓް ލެވެލް 3ގެ އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައި ވަނީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ކަމަށެވެ. އަދި އެ ކޯހަކީ އެކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެއް ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފު ވިދާޅުވީ، އެ ކުންފުނީގެ އޭވިއޭޝަން އިންސްޓިޓިއުޓަކީ، އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް ގެންގުޅޭ ދިގު މުއްދަތުގެ ތަޞައްވުރު ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *