38 ވަނަ ގައުމީ ޤުރްއާން މުބާރާތް: 2742 ބައިވެރިންގެ ތެރެއިން ސެމީއަށް 379 ބައިވެރިން

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވި 2742 ބައިވެރިންގެ ތެރެއިން ސެމީއަށް ދިޔައީ 379 ބައިވެރިންނެވެ. ސެމީއަށް ދިޔަ ބައިވެރިން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިހާރު ވަނީ އިއުލާންކޮށްފައެވެ.

މި މުބާރާތުގެ އޮޑިޝަން ބުރު މި ދިޔަ ޖޫން މަހުގެ 4 އިން ފެށިގެން 15 ޖުލައި ގެ ނިޔަލަށް، މާލެއާއެކު ރާއްޖޭގެ ބާވީސް ސަރަޙައްދެއްގައި ބާއްވާފައިވެއެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީވި 3050 ބައިވެރިންގެ ތެރެއިން އޮޑިޝަން ބުރުގައި ބައިވެރިވީ 2742 ބައިވެރިންނެވެ. އޭގެ ތެރެއިން ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ 379 ބައިވެރިންނެވެ.

އޮޑިޝަން ބުރާ ގުޅޭ ގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުން މިހާރު ވަނީ ބައިވެރިންނަށް ހުޅުވާލާފައެވެ. 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގައި ސެމީ ފައިނަލް ބުރަކާއި ފައިނަލް ބުރެއް އޮންނާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންދާނީ 10 ސެޕްޓެންބަރުން ފެށިގެން 19 ސެޕްޓެންބަރުގެ ނިޔަލަށް، މާލޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *