ގދ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތުގެ ތެރޭގައި އަލިފާން ރޯވެ ބައެއް ތަކެއްޗަށް ގެއްލުން ލިބިއްޖެއެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި އެ ސްކޫލްގެ އޮފީހުގައި ބޭނުންކުރާ ފޯޓޯކޮޕީ މެޝިނަކާއި ލިޔެކިޔުންތައް ހުރި ފައިލިން ދެ ކެބިނެޓެއް ބޭނުން ނުކުރެބޭ ވަރަށް ވަނީ ހަލާކުވެފައެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއް ވެގެން ކަމަށާއި، ރޯވިތާ ދިހަ މިނިޓެއްހާއިރުގެ ތެރޭގައި ނިއްވާލެވުނު ކަމަށެވެ. އަދި އެނާ ވިދާޅުވީ ރޯވީ އަލިފާން ސް ފޫޓެއްހާ އަކަފޫޓްގެ ސަރަހައްދެއްގައި ކަމަށެވެ.
އަލިފާން ނިންވާލައި، އޮފީސް ސާފްކުރުމުގެ މަސައްކަތް ފެނަކައިގެ ގައްދޫ ބުރާންޗުގެ މުވައްޒަފުންނާއި ބެލެނިވެރިންނާއި އެ ސްކޫލްގެ ސަޓާފުން ވަނީ ދަނީ ކުރަމުންނެވެ.
advertisment
ހިޔާލު