ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު އެމްއެންޔޫއިން ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ އަލަށް ގުޅުނު 1400 ދަރިވަރުން ޔުނިވަރސިޓީގެ މާޙައުލަށް އަހުލުވެރިކުރުވައ،ި އެދަރިވަރުންގެ ތަޢުލީމީ ޙަޔާތަކީ ކާމިޔާބު އަދި މާނަހުރި ދަތުރަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު ޕްރޮގްރާމެކެވެ.


އޮރިއެންޓޭޝަންގެ ފުރަތަމަ ތިން ދުވަހު ބޮޑަށް އަލިއަޅުވާލާފައިވަނީ ހަމައެކަނި ފޮތްތެރި ތަޢުލީމާއި ސަނަދެއް ހާސިލުކުރުމުގެ ބަދަލުގައ،ި ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ. މިގޮތުން ކުރިއަށްގެންދިޔަ ސެޝަންތަކުގައ،ި އަމިއްލަ ނަފްސާއި ފަންނީ ހުނަރުތައް ތަރައްޤީކުރުމާއ،ި ކިޔެވުމުގެ ހަރުދަނާ އުކުޅުތަކާއ،ި ކުތުބުޚާނާ އަދި ދިރާސާކުރުމުގެ ޚިދުމަތްތައް ބޭނުންކުރާނެ ގޮތުގެ އިތުރުނ،ް ޒިންމާދާރު ދަރިވަރަކަށްވުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔަ ޚާއްޞަ ސެޝަންގައ،ި މަދަނީ ޒިންމާ އާއި ނަޒާހަތްތެރިކަމުގެ އިތުރުނ،ް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވިއެވ.ެ މިއީ މުޖުތަމަޢަށް ފައިދާހުރ،ި ޤާބިލު ދަރިވަރުންތަކެއް ބިނާކުރުމަށް ޤައުމީ ޔުނިވަރސިޓީން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ރަމްޒުކޮށްދޭ ކަމެކެވެ.

އޮރިއެންޓޭޝަން ހަފުތާގެ ފަހު ދެ ދުވަސް ޚާއްޞަކުރެވިފައިވަނީ އެދަރިވަރުން ކިޔަވާ ފެކަލްޓީތަކާއި ކެމްޕަސްތަކަށެވ.ެ މި ދުވަސްތަކުގައި ކިޔަވައިދޭ މުދައްރިސުންނާ ބައްދަލުވެއެވެ. އެކަޑެމިކް އުޞޫލުތަކާއ،ި އުންމީދުތަކާއި އަދި ދަރިވަރުންނަށް ލިބެންހުރި ފުރުޞަތުތަކާ ގުޅޭގޮތުން އިތުރު ތަފްޞީލު ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *