ދެވަނަ ޓާމުގައި ކިޔަވާ ދަަރިވަރުންނަށް އޮރިއެންޓޭޝަން އައިޔޫއެމްއިން ފަށައިފި

ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ގޮތުން، ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން ފަށައިފިއެވެ.

ދެވަނަ ޓާމުގައި އައިޔޫއެމްއިން 70 ކޯހެއް ކުރިއަށް ގެންދާނެއެވެ.

ދެ ވަނަ ޓާމުގައި، ޕީއެޗްޑީ ލެވެލްގެ އެއް ކޯހާއި ބެޗްލަރސް ޑިގްރީގެ 16 ކޯހާއި އެސޯސިއޭޓް ޑިގްރީގެ އެއް ކޯހާއި ޑިޕްލޮމާގެ 11 ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 23 ކޯހެއްގެ އިތުރުން މާސްޓަރސް ލެވެލްގެ ދެ ކޯހެއް ކުރިއަށް ގެންދާނެއެވެ.

ދެވަނަ ޓާމުގައި އައިޔޫއެމްއިން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ޤުރްއާނާއު ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްޙް، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުއޭޖް، އެޑިއުކޭޝަން، ކައުންސެލިންގ، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓްގެ އިތުރުން ޖަރނަލިޒެމެވެ.

އައިޔޫއެމްގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯހެއް، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވެއެވެ.

ގިނަ ކޯސްތަކެއް އޮންލައިން އަދި ބްލެންޑަޑްކޮށް ކިޔެވޭނެ ފުރުޞަތު އައިޔޫއެމްއިން ވަނީ، ފަހިކޮށްފައެވެ.

އައިޔޫއެމްގެ މައި ކެމްޕަސްގެ އިތުރުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ކެމްޕަސްތަކާއި އޮންލައިންކޮށް ވެސް ކިޔެވޭނެ އިންތިޒާމް އެ ޔުނިވަރސިޓީން ވަނީ ހަމަޖައްސާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *