ވާހަކަދެއްކުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ، 325 ފަރާތުން ބައިވެރިވޭ

އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް މާދަމާ ފަށާނެއެވެ. ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. ވާހަކަދެއްކުމުގެ ބަޔާއި އަމިއްލަ ފަރުދުންގެ ބައެވެ. މީގެ އިތުރުން ބަހުސް ކުރުމުގެ ބައެއް އޮފީސްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީ އިންސްޓިޓިއުޓްތަކަށް ކުރިއަށް ގެންދެއެވެ.

އޮގަސްޓް މަހުގެ 11އިން 30 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 325 ފަރާތުން ބައިވެރިވެއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ތިން ގިންތިއަކަށެވެ. އެއީ ދަށު ސާނަވި ގިންތިއާއި ސާނަވި ގިންތީގެ އިތުރުން މަތީ ސާނަވީ ގިންތިއެވެ.

އަމިއްލަ ފަރުދުންގެ ބައިގައި ހިމެނެނި، 18 އަހަރުން ދަށުގެ ފުރާއާއި 18 އަހަރުން މަތީގެ ފުރާއެވެ. ބަހުސް ކުރުމުގެ ބައި ކުރިއަށް ގެންދަނީ 16 އަހަރުން މަތީ ފުރާއަށެވެ.

އިސްކޫލު ކުދިންގެ ބައިގައި 51 ސްކޫލަކުން 302 ދަރިވަރުން ބައިވެރިވެއެވެ. އެންމެ ގިނަ ދަރިވަރުން ބައިވެރިވީ ދަށު ސާނަވީގައެވެ. އެ ބައިގައި 25 ސްކޫލަކުން 151 ދަރިވަރުން ވާދަކުރެއެވެ. ސާނަވީ ބައިގައި 21 ސްކޫލަކުން 119 ދަރިވަރުން ވާދަކުރެއެވެ. މަތީ ސާނަވީގައި 5 ސްކޫލަކުން 32 ދަރިވަރުން ވާދަކުރެއެވެ. މި މުބާރާތުގައި އަތޮޅުތަކުގެ ސްކޫލުތަކުގެ 11 ސްކޫލަކުން 40 ދަރިވަރުން ބައިވެރިވެއެވެ.

ބަހުސްގައި 4 މުއައްސަސާއަކުން މި ފަހަރު ބައިވެރިވެއެވެ. އަދި ވާހަކަދެއްކުމުގެ ބައިގައި އަމިއްލަ ގޮތުން އެއް ކުއްޖަކު އަދި ތަފާތު ގޮތަކުން ކުޅަދާނަކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ބައިގައި ދެ ފަރާތަކުން ބައިވެރިވެއެވެ.

އިސްކޫލު ދަރިވަރުން ބައިވެރިވާ ވާހަކަދެއްކުމުގެ މުބާރާތް ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެއެވެ. އަރުތަ ބުރުގައި ވާދަކުރަނީ ކޮންމެ ގިންތިއަކުން އެންމެ މަތިން މާކްސް ހޯދާ ދިހަ ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *