ސިންގަޕޫރު އިންޓަނޭޝަނަލް މެތް އޮލިމްޕިއާޑް ޗެލެންޖުން ބްރައިޓްވޭއަށް 6 މެޑަލް

އެ ސްކޫލުގެ ހަތް ދަރިވަރުން ބައިވެރިވި މި މުބާރާތުން ރަންމެޑަލަކާއި 5 ލޯ މެޑަލް ލިބިފައިވޭ

ސިންގަޕޫރު އިންޓަނޭޝަނަލް މެތް އޮލިމްޕިއާޑް ޗެލެންޖު (ސިމޮކް)ގައި ބްރައިޓްވޭގެ ދަރިވަރުން ހަ މެޑަލް ހޯދައިފިއެވެ.

ޖުލައި 17އިން 22އަށް ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ މި މުބާރާތަށް ބްރައިޓްވޭގެ 33 ދަރިވަރުން ކޮލިފައިވިއެވެ. އެކި ސަބަބުތަކާ ހުރެ ބައިވެރިވެވުނީ ހަތް ދަރިވަރުންނަށެވެ.

ފައިނަލް ރައުންޑްގައި ދުނިޔޭގެ 41ޤައުމަކުން 2200 ކުދިންނާ ވާދަކޮށް ބްރައިޓްވޭގެ ދަރިވަރުން ރަން މެޑަލަކާއި ފަސް ލޯ މެޑަލް ހޯދިއެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ހަމައެކަނި ކިޔަވައިދެމުން ގެންދާ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުންނެވެ.

ސަސްމޯ އަކީ ހިސާބުގެ އިލްމްގައި ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހިސާބުގެ ޝައުގުވެރިކަން އަލުން އާލާކުރުމަށް އެކުލަވާލާފައިވާ މުބާރާތެކެވެ. ސަސްމޯ މުބާރާތް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ކަރިކިއުލަމާ ގުޅުވައިގެންނެވެ. ސަސްމޯ މުބާރާތަށް ދަރިވަރުން ތައްޔާރުވުމުގެ ސަބަބުން ޕީއެސްއެލްއީ އަދި އޯލެވެލް އިމްތިހާނަށް  އެހީތެރިވެދެއެވެ.

ސިންގަޕޫރު އިންޓަނޭޝަނަލް މެތް އޮލިމްޕިއާޑް ޗެލެންޖުގައި ކޮންމެ އަހަރަކު ވެސް ބްރައިޓްވޭއިން  ބައިވެރިވެއެވެ. މިދިޔަ އަހަރު އެ ސްކޫލުން 49 ދަރިވަރުން ކޮލިފައިވިއެވެ. ތަފާތު ސަބަބުތަކާ ހުރެ މުބާރާތުގެ ފައިނަލް ރައުންޑްގައި ބައިވެރިވި 30 ދަރިވަރުން 20 މެޑަލް ހޯދިއެވެ. އެއީ 4ރަން މެޑަލާއި 4 ރިހިމެޑަލްގެ އިތުރުން 12 ލޯ މެޑަލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *