ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޑް ހަރަކާތަށް ބޮޑު ތަރުހީބެއް

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓުން: ކެޑޭޓް ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް ވަކިގޮތަކަށް ކަންތައްތައް ބަހައްޓަން ދަސްކޮށްދޭ – ފޮޓޯ: ޏ. އަތޮޅު ތައުލީމީ މަރުކަޒު

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޑް ހަރަކާތުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއްޖެއެވެ. ކޮވިޑަށްފަހު، މި އަހަރު ކެޑޭޓް ހަރަކާތް ފަށައިގަތް އިރު 100 އެންހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ އެކަން ސިފަކުރެއްވީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ކުރީ އަހަރުތަކުގައި ކެޑޭޓް ހަރަކާތުގައި ބައިވެރިވާން ހުޅުވާލީމާ ބައިވެރިވާ ކުދިންގެ އަދަދު ވިއްސަށްވުރެ މައްޗަށް ނުދެއެވެ.

" ކެޑޭޓް ހަރަކާތް ވަޅުޖެހިފައި ވަނިކޮށް، ޕްރޮމޯޓްކޮށް، މަސައްކަތްތަކެއް ކުރުމުން އެކަމުގެ ނަތީޖާ މިހާރު މިފެންނަނީ" ދަރިވަރު ނޫހަށް ސައުދުﷲ ވިދާޅުވިއެވެ. "

ސައުދުއްﷲ ވިދާޅުވި ގޮތުގައި ކުދިން މަދުވުމުގެ ސަބަބުން ހުވާކުރަން ވެސް ދާންޖެހެނީ އައްޑޫއަށް ކަމަށެވެ. ކުދިންގެ އަދަދު އިތުރުވުމާ ގުޅިގެން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކެޑޭޓުން ހުވާކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް އެ ސިޓީގައި ބާއްވަން ރޭވިފައިވާ ކަމަށް އޭނާ ވިދާޅިވިއެވެ.

އޭލެވެލްއާ ހަމައަށް ކިޔަވައިދޭ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި 450 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *