ހިރިޔާ ސްކޫލްގެ މުދައްރިސުންގެ ހަދިޔާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް

ހިރިޔާ ސްކޫލް
ހިރިޔާ ސްކޫލްގެ މުދައްރިސުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހަދިޔާ ހަދިޔާކުރުން:

މުދައްރިސުންގެ ދުވަހާ ގުޅިގެން ހިރިޔާ ސްކޫލްގެ ހުރިހާ މުދައްރިސުންގެ ފަރާތުން ވިލިނގިލީގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ކުޅޭ ސާމާނު ހަދިޔާ ކޮށްފިއެވެ.

ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ އިބްރާހިމް ވަހީދު ވިދާޅުވީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެންމެ ބޭނުންވަނީ ކޮންކަހަލަ ހަދިޔާއެއްތޯ އެ ސްކޫލުން ބެއްލެވިކަމަށާއި، އެކުދިންނަށް " އެޑިއުކޭޝަނަލް ޓޯއީސް" ހަދިޔާ ކުރީ މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓްގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.

" މުދައްރިސުންގެ ދުވަހު، މުދައްރިސުން ބޭނުންވީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން. އެންމެ ބޭނުންވަނީ ކޮންއެއްޗެއްތޯ ބަލާފައި، މިހާރުން މިހާރަށް އެޑިއުކޭޝަން ޓޯއީސް ބޭނުންވާތީ، މުދައްރިސުން އަމިއްލައަށް އިސްނަންގަވައިގެން ކުޅޭ ތަކެތި ގަތީ" ރިންޒީ ވިދާޅުވިއެވެ.

ފިޔަވީގެ ކުދިންނަށް އެހީފޯރުކޮށްދިނުމުގައި މުދައްރިސުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ހުރިހާ މުދައްރިސުންނަށް ރިންޒީ ވަނީ ޝުކުރުއަދާކޮށްފައެވެ.

ހިރިޔާ ސްކޫލްގައި މުދައްރިސުންގެ ދުވަސް ފާހަގަކުރީ ހަފްތާއަކަށް ހަރަކާތްތައް ބަހާލައިގެންނެވެ. އެ ސްކޫލްގައި ދެ ދަންފަޅިއަށް 1480 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *