މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފަށަނީ

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފަށާނެއެވެ. މިސިމްޕޯޒިއަމް ބާއްވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގުޅިގެންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި ސިމްޕޯޒިއަމް މިއަހަރު ކުރިއަށް ގެންދަނީ މި މަހު 4ން 5އަށް، އެމްއެންޔޫގެ އޮޑިޓޯރިއަމްގައެވެ. 2016ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯޒިއަމް ބާއްވާތާ މިއީ، ހަ ވަނަ އަހަރެވެ.

މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިންސާ ގުޅޭ ބައްދަލުވުމަށް މި އަހަރު 47 ދިރާސާ ކަރުދާސް ހުށައަޅާނެއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ.

މި ފަހަރުގެ ސިމްޕޯޒިއަމަށް ހުށަހަޅާފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބަހާލާފައި ވަނީ:

  • ކޮރަލް ރީފްސް، ރެސްޓޮރޭޝަން އެންޑް ކްލައިމެޓް ޗޭންޖް
  • ފިޝަރީޒް
  • ގަވަރނަންސް އެން ސޮސައިޓީ
  • ސީ ޓާޓްލްސް އިކޮލޮޖީ-
  • ހެލްތު އެންޑް ކޮންޒަރވޭޝަން
  • ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ-

ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް

މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސާތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *