މައިދާނީ ދަތުރެއްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން މެލޭޝިއާއަށް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން މެލޭޝިއާއަށް ކުރާ މައިދާނީ ދަތުރު ފަށައިފިއެވެ.

އަމަލީ ތަޖުރިބާ ހޯދުމާއި އުނގެނުމަށް 126 ދަރިވަރުންނާއިއެކު މެލޭޝިއާއަށް ކުރާ މައިދާނީ ދަތުރު ޖުލައި 29 ވީ ބުދަދުވަހު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން  ފަށައިފިއެވެ.

"ލަރނިންގް ބިޔޮންޑް ވޯލްސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ދަތުރުތަކުގައި  މިއަހަރު  ސައިންސް ކިޔަވާ 65 ދަރިވަރުން، ބިޒްނަސް ކިޔަވާ 61 ދަރިވަރުން ނާއިއެކު މެނޭޖުމަންޓްގެ 5 ބޭފުޅުންގެ  އިތުރުން 7 ޓީޗަރުން ބައިވެރިވެލައްވައެވެ. 138 މީހުންގެ މި ވަފުދުގެ ވެރިއެއްގެ ގޮތުގައި މި އަހަރު ވަޑައިގަތީ ސްކޫލުގެ އެސިސްޓަންންޓަ ޕްރިންސިޕަލް އަހްމަދު ވަހީދުއެވެ. ދަތުރުގެ ބައިވެރީން  ފުރީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

މިދަތުރުގައި ދަރިވަރުން، މެލޭޝިއާގެ ބައެއް ފެކްޓަރީތައް،  ބޭންކް ތަކާއި ރިސާޗް ފެސިލިޓީ އަދި ޔުނިވަރސިޓީ ފަދަ ތަންތަނަށް ޒިޔާރަތް ކުރާނެއެވެ. ޒިޔާރަތް ކުރާ ތަންތަނުގައި ހިނގަމުންދާ އޮޕަރޭޝަންތައް ބަލައި ހޯދުމުގެ އިތުރަށް، ދަރިވަރުންނަށް ޚާއްޞަކޮށް އިންތިޒާމް ކޮށްފައިވާ ބައެއް ޙަރަކާތްތަކުގައި ބައިވެރިވާނެއެވެ. މި ދަތުރުގައި ސައިންސް އަދި ބިޒްނަސް ކިޔަވާ ދަރިވަރުން ޒިޔާރަތްކުރާނީ އެދަރިވަރުންގެ ކިޔެވުމާއި ގުޅުން ހުރި ތަންތަނަށެވެ.  މިގޮތުން މެލޭޝިޔާގައި ސައިންސް އަދި ބިޒްނަސް ކިޔަވާދަރިވަތުންގެ ދަތުރުތައް ރޭވިފައިވަނީ ވަކި ދެގުރޫޕަކަށެވެ.

މިދަތުރުގެ ވެރިޔާގެ ގޮތުގައި ވަޑައިގަތް އެސިސްޓެންޓް ޕްރިންސިޕަލް އަހުމަދު ވަހީދު ފާހަގަ ކުރެއްވީ، އުގަންނައިދީ ތަރުބިއްޔަތު ކުރުމުގައި ފޮތުން ކިޔެވުމާއިއެކު  އަމަލީ ތަޖުރިބާ ލިބުމުން ދަރިވަރުންގެ   ވިސްނުންތަރައްގީވެ، ކުލާސްރޫމުގައި ދެވޭ ޢިލްމީ އޮއްޓަރުފަހުމުވުން ބޮޑުތަނުން އިތުރުވާކަމަށެވެ. އަދި  ކަންކަމާއިމެދުވިސްނާ   އުފެއްދުންތެރި ޝަހުސިއްޔަތެއް އުފެއްދުމަށް، ހަރިއްމައިން ބޭރުން އުނގެނި ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށްހޯދައި ދިނުމަކީ އިންތިހާއަށް ބޭނުންތެރި ކަމެއްކަމަށްވެސް ފާހަގަ ކުރެއްވިއެވެ.  މީގެ އިތުރުންމިކަހަލަ ދަތުރުތަކަކީދަރިވަރުންގެއިޖްތިމާއިހުނަރުތައް ތަރައްގީ ކުރުމަށް ލިބޭނެ އަގުހުރި ފުރުސަތެއްކަމުގައިދެކޭކަންވެސް ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ދިވެހި މަދަރުސީ ނިޒާމުގައި އިންތިޒާމުވެ ހުއްޓުމެއްނެތި ، މި ބާވަތުގެ ފުރުޞަތު ދަރިވަރުންނަށް ތަނަވަސްކޮށްދޭ ސްކޫލެކެވެ. "ލަރނިންގް ބިޔޮންޑް ވޯލްސް" ގެ ނަމުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްއިން މިދަތުރުތައް މެދުނުކެޑިކުރަމުން ދާތާ ސާދައަހަރު ވެއްޖެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *