ދެވަނަ ޓާމުގައި އައިޔޫއެމްއިން ފަށާ 70 ކޯހުގެ މުއްދަތު މިއަދު 13:00އާ ހަމައަށް

މި އަހަރުގެ ދެވަނަ ޓާމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފަށާ ފަށާ 70 ކޯހަށް އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

ދެ ވަނަ ޓާމުގައި ފަށަން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޕީއެޗްޑީ ލެވެލްގެ އެއް ކޯހާއި ބެޗްލަރސް ޑިގްރީގެ 16 ކޯހާއި އެސޯސިއޭޓް ޑިގްރީގެ އެއް ކޯހާއި ޑިޕްލޮމާގެ 11 ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 23 ކޯހެކެވެ. އަދި މާސްޓަރސް ލެވެލްގެ ދެ ކޯހެކެވެ.

އައިޔޫއެމްއިން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ޤުރްއާނާއު ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްޙް، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުއޭޖް، އެޑިއުކޭޝަން، ކައުންސެލިންގ، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓްގެ އިތުރުން ޖަރނަލިޒެމެވެ.

އައިޔޫއެމްގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯހެއް، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވެއެވެ.

ގިނަ ކޯސްތަކެއް އޮންލައިން އަދި ބްލެންޑަޑްކޮށް ކިޔެވޭނެ ފުރުޞަތު އައިޔޫއެމްއިން ވަނީ، ފަހިކޮށްފައެވެ.

ކޯސްތަކަށް ފޯމް ހުށައެޅުމަށް ފަސޭހަ އިންތިޒާމެއްވެސް އައިޔޫއެމްއިން ވަނީ ހަމަޖައްސާފައެވެ. އައިޔޫއެމްގެ މައި ކެމްޕަސްގެ އިތުރުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ކެމްޕަސްތަކާއި އޮންލައިން ޕޯޓަލް ގެ އިތުރުން އީމެއިލް ގެ ޒަރީއާއިން ވެސް ފޯމް ހުށައެޅޭނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ. އަދި ކޯސްތަކަށް ވަނުމާއި ކޯސްތަކާބެހޭ އިތުރު މައުލޫމާތު އެ ޔުނިވަރސިޓީގެ ހޮޓްލައިން 1405 އިންނާއި 7923247 ނަމްބަރަށް ވައިބަރ ނޫނީ ވަޓްސްއަޕް ކުރުމުން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަަމަށް އައިޔޫއެމްއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *