މުދައްރިސުންގެ ދުވަހު، ލ އަތޮޅު މަދަރުސާގެ މުދައްރިސުން ހަދިޔާކުރީ ގަސް

ލ އަތޮޅު މަދަރުސާ
ލ އަތޮޅު މަދަރުސާގެ ކުދައްރިސުން ގަސް ހަދިޔާކުރުން: ސްކޫލްފެހި ކުރުމަށް މުދައްރިސުންނާއި ދަރިވަރުންގެ ހިއްސާ ބޮޑު- ފޮޓޯ: ލ އަތޮޅު މަދަރުސާ

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތުގެ ތެރެއިން ލ. އަތޮޅުގެ މަދަރުސާގެ މުދައްރިސުން އެ ދުވަހު ނުކުތީ އެ ސްކޫލަށް ގަސް ހަދިޔާކުރާށެވެ.

ސްކޫލް ފެހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ލ. އަތޮޅު ސްކޫލްގެ ހުރިހާ މުދައްރިސުންނާއި މުވައްޒަފުން ވަނީ އެ ސްކޫލަށް ގިނަ އަދަދެއްގެ ގަސް ހަދިޔާކޮށްފައެވެ. މިއީ ސްކޫލް ފެހި ކުރުމަށް އެންވަޔަރަމަންޓް ކުލަބުން ހުޅުވާލުމުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން މުދައްރިސުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޝަރީފާ އަބްދުﷲ ވިދާޅުވީ ސްކޫލް ފެހި ކުރުމުގެ ޕްރޮގްރާމެއް އެންވަޔަރަމަންޓް ކުލަބުން ކުރިއަށް ގެންދާ ކަމަށާއި، ކުދިންނާއި ބެލެނިވެރިން ގަސް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ސްޓާފުންނާއި މުދައްރިސުން ގަސް ހަދިޔާ ކުރީ ކަމަށެވެ.

ލ އަތޮޅު މަދަރުސާ
ލ އަތޮޅު މަދަރުސާގެ ކުދައްރިސުން ގަސް ހަދިޔާކުރުން: ސްކޫލްފެހި ކުރުމަށް މުދައްރިސުންނާއި ދަރިވަރުންގެ ހިއްސާ ބޮޑު- ފޮޓޯ: ލ އަތޮޅު މަދަރުސާ

" ކޮންމެ މުދައްރިސަކާއި ސްޓާފަކުވެސް މަދުވެގެން ގަހެއް ހަދިޔާކުރި. މިކަމުގެ ސަބަބުން ކުދިންގެ މެދުގައި ވެސް ގަސް އިންދާ ބަލަހައްޓަން ޚާއްޞަ ޝަޢުޤުވެރިކަމެއް އުފެދޭ" ޝަރީފާ ވިދާޅުވިއެވެ.

ލ. އަތޮޅު ސްކޫލްގެ ގޯތި ތެރޭގައި ގަސް ހައްދައި، ބަލަހައްޓަނީ އެ ސްކޫލްގެ ކުލާސްތަކުންނެވެ. ކޮންމެ ކުލާހަކަށް ވަކި ސަރަހައްދެއް ޚާއްޞަކޮށްފައި އޮންނައިރު، އެ ސަރަހައްދެއްގައި ގަސް އިންދައި ޒީނަތްތެރި ކުރުމަކީ އެ ކުލާހަކުން މިހާރުވެސް ކުރިއަށް ގެންދާ މަސައްކަތެކެވެ.

" ކުދިން ވަރަށް ގަޔާވެގެން މިކަން ކުރަނީ. މީގެ ސަބަބުން އެކުދިންނަށް ވެއްޓާއި، ގަސް ހެއްދުމަށް ޚާއްޞަ ޝަޢުޤެއް އުފެދޭ" ޝަރީފާ ވިދާޅުވިއެވެ.

ލ. މާބައިދޫގައި ހުންނަ އެ ސްކޫލްގައި 147 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *