ތަޖުރިބާ ހިއްސާ ކުރުމަށާއި، ތަޖުރިބާ ހޯދަން ކ. އަތޮޅު ސްކޫލުގެ މުދައްރިސުން ތިން ސްކޫލަކަށް

ކ.އަތޮޅު މތައުލީމީ މަރުކަޒު
ތަޖުރިބާ ހިއްސާ ކުރުމަށާއި، ތަޖުރިބާ ހޯދަން ކ. އަތޮޅު ސްކޫލުގެ މުދައްރިސުން ތިން ސްކޫލަކަށް

އުގައްނައިދިނުމުގެ ތަޖުރިބާ ހިއްސާކުރުމަށާއި، ތަޖުރިބާ ހޯދަން ކ. އަތޮޅު ސްކޫލުގެ މުދައްރިސުންނާއި ސްޓާފުން ތިން ސްކޫލަކަށް ޒިޔާރަތްކޮށްފިއެވެ.
ކާށިދޫގައި ހުންނަ އަތޮޅު މަދަރުސާއިން ޒިޔާރަތްކުރީ ރ. މީދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށާއި، ބ އޭދަފުށީގައި ހުންނަ ބ އަތޮޅު ތައުމީ މަރުކަޒުގެ އިތުރުން ބ ކިހާދޫ ސްކޫލަށެވެ.
ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަތީމް ވިދާޅުވީ، މުދައްރިސުންގެ ދުވަހާ ދިމާވާ ގޮތަށް މުދައްރިސުންނަށް ތަފާތު ތަޖުރިބާއެއް ހޯދައި ދިނުމަށް ކުރި ދަތުރަކީ ތަފާތު ތަޖުރިބާ ކުރެވުނު ދަތުރެއް ކަމަށާއި، ދެ ފަރާތުންވެސް އެކަށީގެންވާ މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރެވުނު ކަމަށެވެ. އަދި މިފަދަ ދަތުރު ތަކުގެ ސަބަބުން ސްކޫލްތަކުގެ ތަޖުރިބާގެ އަލީގައި ކަންތައްތައް ކުރިއަށްވުރެ ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންތައްތައް ފާހަގަ ކުރެވުނު ކަމަށެވެ.
" އަޅުގަނޑުމެން މި ދިޔައީ ތިން ވައްތަރެއްގެ ތިން ސްކޫލަކަށް. އޭގެ ސަބަބުން ދެ ދަންފަޅިއަށް ހިންގާ އަޅުގަނޑުމެން ކަހަލަ ކުދި ސްކޫލްތަކަށް ތަފާތު އެކްސްޕީރިއަންސެއް ލިބުނު" ނަތީމް ވިދާޅުވިއެވެ.
" މުދައްރިސުންނާއި ސްޓާފުންގެ މޯޓިވޭޝަން އިތުރުކޮށް ޑިވެލޮޕްމަންޓަށް ވަރަށް ބޭނުން ތެރި ތަފާތު ތަޖުރިބާތަކެއް ލިބިގެން ދިޔަ ދަތުރެއް މިއީ. ކަންތައްތައް ހައްލުކުރުމުގައާއި ކިޔަވާ ދިނުމުގެ ވައްޓަފާޅިވެސް އެކި ސްކޫލްތަކުގައި މިގެން ގުޅެނީ ތަފާތުކޮށް. މިފަދަ ދަތުރުތަކުގެ ސަބަބުން ކިޔެވުމުގެ ފެންވަރު މަތިކުރަން ކުރެވިދާނެ ކަންތައްތައް ދެނެގަނެވޭ"

ކ. އަތޮޅު ސުކޫލު
ތަޖުރިބާ ހޯދުމުގެ ގޮތުން ކ. އަތޮޅު މަދަރުސާއިން ކުރި ދަތުރުގެ ތެރެއިން – ފޮޓޯ. ކ. އަތޮޅު މަދަރުސާ

ކ. އަތޮޅު ސްކޫލުން މި ކުރި ދަތުރުގައި، ދަތުރުގެ ކަންތައްތައް ހަމަޖައްސައި ދިނީ، މައިދޫ ސްޕީޑާއި ވެލާ އެކްސް ޕްރެސްއިންނެވެ.
" ހުރިހާ ރަށެއްގެ ސްކޫލުންވެސް އަޅުގަނޑުމެންނަށް ދިނީ ވަރަށް ފުރިހަމަ މެހުމާންދާރީއެއް. އަޅުގަނޑުމެންގެ އަތުން އެއްވެސް ޚަރަދެއް ނުގޮސް މިފަދަ ދަތުރެއް ނިންމާލުމަކީ އެކަން ކޮށްދިން ސްކޫލްތަކަށް ޝުކުރު ހައްޤު ކަމެއް" ނަތީމް ވިދާޅިވިއެވެ.
ދަނޑުވެރިކަމަށް މަޝްހޫރު ކާށިދޫ ސްކޫލުގައި 490 ދަރިވަރުން ތިބިއިރު، އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ. އެ ދަތިކަން ހައްލުކުރުމަށް އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ. އެ އިމާރާތް ބޭނުން ކުރަން ފެށުނަސް ޖާގައިގެ މައްސަލަ އެކީ ހައްލު ނުކުރެވުނު ނަމަވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ދެކެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *