ބ. ފުޅަދޫ ސްކޫލްގެ ބެލެނިވެރިން، އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ފަންގި ވިނުމުގެ ދުވަހެއް ފާހަގަކޮށްފިއެވެ. ޕީޓީއޭއާއި އަމިއްލަ ފަރާތްތައް ގުޅިގެން މި ހިންގުނު ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ ބެލިނިވެރިންނާއި އާންމުން ބައިވެރިވެފައެވެ.
ސުކޫލުގެ ޕްރިންސިޕަލް އަހްމަދު އަޝަރަފް ވިދާޅުވީ ޕީޓީއޭ އިސްނަގައިގެން ކުރިއަށް ގެންދިޔައީ ދަރިވަރުންނާއި ސްކޫލުގެ އެކި އެކި ކަންކަމުގައި ބޭނުންކުރާނެ ފައިސާ ހޯދަން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ފުޅަދޫ ސްކޫލްގެ ބެލެނިވެރިން، އެއް ދުވަސް މަތިން ބޮނޑި ފަންގިވަނީ ވިދެފައެވެ.
" އަޅުގަނޑުމެން މި ބަލަނީ އެކަށީގެންވާ ރަނގަޅު އަގެއްގައި ރިސޯޓްތަކަށް ވިއްކާލެވޭނެ ކަމަށް" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ސްކޫލްގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގައި ބެލެނިވެރިންގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާ ކަމަށާއި، ސްކޫލްގެ އުމްރާނީ ތަރައްގީގައިވެސް ބެލެނިވެރިންގެ ހިއްސާ ބޮޑުކަމަށެވެ.
ފުޅަދޫ ސްކޫލްގައި ކިޔަވަމުން ގެންދަނީ 47 ދަރިވަރުންނެވެ.
advertisment
ހިޔާލު