މައުމޫން ފައުންޑޭޝަންގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލައިފި

މައުމޫން ފައުންޑޭޝަންގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލައިފި

މައުމޫން ފައުންޑޭޝަންގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ދެނީ، ޓީޗިންގ އެންޑް ލަރނިންގ އިސްލާމިކް އެޑިޔުކޭޝަން ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރައްޔިތަކަށް ވުމާއި 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓާގައި އައިޔޫއެމްގައި ކިޔަވާ ދަރިވަރަކަށް ވުމާއި އުމުރުން 35 އަހަރު ފުރިފައި ނުވުމެވެ.

މައުމޫން ފައުންޑޭޝަނުން މިދިޔަ އަހަރު ދިން ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިދިޔަ އަހަރުވެސް އައިޔޫއެމްގައި ކިޔަވާ ދަރިވަރަކަށް ގުރްއާނުގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ދީފައިވޭ- ފޮޓޯ: އައިޔޫއެމް

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށައަޅަން ޖެހޭ ސުންގަޑިއަކީ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 14:00ގެ ކުރިއެވެ.

މައުމޫން ފައުންޑޭޝަނުން އަންނަނީ މަތީ ތައުލީމުގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ފަހި ކޮށްދެމުންނެވެ. މިދިޔަ އަހަރު ވެސް އައިޔޫއެމްގައި ޤުރުއާނުގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު އެއް ދަރިވަރަކަށް އެ ފައުންޑޭޝަނުން ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *