މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލައިބްރަރީން ފޮތް މައުރަޒެއް ބާއްވަން ނިންމައި، އެ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ނެޝަނަލް ޔުނިވަރސިޓީ ލައިބްރަރީން ބުނީ ހިލޭ ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ މި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެއް ކަމަށެވެ. އަދި އެހެންމެ މި މައުރަޒަކީ ދިވެހި ލިޔުންތެރިން ތަފާތު ބަސްބަހުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދެވޭ ވަޞީލަތެއް ކަމަށެވެ.
މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ހޯމަދުވަހު ކުރިން ރަޖިސްޓްރީވާން ޖެހޭއިރު، މައުރަޒު ބާއްވަން ނިންމާފައި ވަނީ މިމަހު 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށެވެ. މައުރަޒު ކުރިއަށް ދާނީ ހެނދުނު 9ން ރޭގަނޑު 10އަށެވެ. މައުރަޒު އޮންނާނީ ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައެވެ.
advertisment
ހިޔާލު