ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވާން ސްކޫލްތަކަށް ހުޅުވާލައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބާއްވާ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 – ސްކޫލް އެޑިޝަން"ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އަންނަ އޮގަސްޓް މަހާއި ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ " ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 – ސްކޫލް އެޑިޝަން" ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ކެޓަގަރީން، ތިން އުމުރުފުރާއަކަށެވެ. އެއީ 18 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 14 އަހަރުން ދަށުގެ އުމުރުފުރައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ  ބާސްޓެކްޓް އެސޯސިއޭޝަންގެ އަށް  އީމެއިލް ކުރަން އެދިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *