ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބުނީއެވެ.

ފުރަތަ ޓާމުގައި  ސްކޫލު ދުވަހުގެ ގޮތުގައި 107 ދުވަސް ލިބުނެވެ. ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން 17 ޑިސެމްބަރަށް ދާނެއެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީ 13 ސެޕްޓެމްބަރު 19 ސެޕްޓެމްބަރަށް ލިބޭނެއެވެ.

ގުރޭޑް 10 ގެ ފައިނަލް އެގްޒާމް ކުރިއަށް ދާނީ  29 އޮގަސްޓް 10 ސެޕްޓެމްބަރަށެވެ.

ދެވަނަ ޓާމުގެ އިމްތިޙާން ކުރިއަށް ދާނީ ޑިސެމްބަރު 1އިން 10އަށެވެ. ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަނަން އަހަރުގެ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ފުރަތަމަ ޓާމު 107 ދުވަހު ސްކޫލުގެ ދުވަހުގެ ގޮތުގައި ހިމަނާފައިވެއެވެ. އޭގެ ތެރެއިން ކިޔަވައިދޭން ބޭނުން ކުރީ 84.5 ދުވަހެވެ. ދެވަނަ ޓާމުގައި 92 ދުވަސް ސްކޫލު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކިޔަވައިދޭނީ 75.5 ދުވަހުއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 219 ސްކޫލުގައި 81،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި ޓީޗަރުންގެ ގޮތުގައި 10،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *