ނަފްސާނީ ފުރަތަމަ އެހީ ޤައުމީ ޔުނިވަރސިޓީގެ 100 ދަރިވަރުންނަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ 100 ދަރިވަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ނަފްސާނީ ފުރަތަމަ އެހީ) ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން، މި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތައް ބާއްވާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. މިއީ ބައިވެރިންނަށް އަމަލީ ގޮތުންނާއި، އެކަކު އަނެކަކާ މުއާމަލާތްކޮށްގެން ދަސްކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސަނަދުލިބިފައިވާ ތަމްރީނުދޭ ފަރާތްތަކުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މަގުސަދަކީ، ނަފްސާނީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ވަގުތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރާއި މައުލޫމާތު ދަރިވަރުންނަށް އުނގަންނައިދިނުމެވެ. މީގެ އިތުރުން، ފަންނީ މާހިރެއްގެ އެހީތެރިކަން ބޭނުންވާ ފަދަ ހާލަތްތައް ދެނެގަންނާނެ ގޮތް ވެސް މި ތަމްރީނުގައި ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ.

މި ތަމްރީނުގެ ތެރެއިން، ކާރިސާތަކާ ގުޅިގެން އާންމުކޮށް މީހުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތައް ދެނެގަތުމާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ "ލުކް، ލިސަން އެންޑް ލިންކް" އުސޫލު ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އަމަލީ ގޮތުން ހުނަރުތައް ދައްކައިދިނުމާއި، އެކި ހާލަތްތައް ތަމްސީލުކޮށްގެން ފަރިތަކުރުމުގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެއެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު ވިދާޅުވީ، ދަތި އުނދަގޫ ހާލަތްތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި އޯގާތެރިކަމާއެކު އެހީތެރިވެދޭނެ މުޖުތަމައެއް އެ ޔުނިވަރސިޓީގެ ތެރޭގައި ބިނާކުރުމަކީ ނުހަނު މުހިންމު ކަމަށެވެ. ދަރިވަރުންގެ ލީޑަރުންނަށް މިފަދަ ނަފްސާނީ ފުރަތަމަ އެހީގެ ހުނަރުތައް ދަސްކޮށްދިނުމުން، ޔުނިވަރސިޓީގެ މާހައުލަކީ ރައްކާތެރި އަދި އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ދަރިވަރުންނަކީ މުޅި މުޖުތަމައަށް ވެސް ފައިދާހުރި ބަޔަކަށް ވެގެންދާނެ ކަމަށް ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.

މިއީ، މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ސަމާލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއްކަން އެ އެމްއެންޔޫއިން ފާހަގަކުރެއެވެ. މިއީ ހަމައެކަނި ތައުލީމީ ގޮތުން ދަރިވަރުން ބިނާކުރުމުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ޒިންމާދާރު ލީޑަރުން ބިނާކުރުމަށް އެމްއެންޔޫ އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި ޕްރޮގްރާމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ސިއްހަތާއި ދުޅަހެޔޮކަމާއި ފެންވަރު ރަނގަޅު ތައުލީމާއި ސުލްހަވެރި އަދި ވަރުގަދަ މުއައްސަސާތައް ބިނާކުރުމުގެ އިތުރުން ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގުޅިގެން މަސައްކަތްކުރުމާ ސީދާ ގޮތުން ގުޅިފައިވާ ހަރަކާތެކެވެ.

މި މަސައްކަތުގައި މޯލްޑިވްސް ރެޑް ކްރެސެންޓުން ދެއްވި އެއްބާރުލުމަށް އެމް.އެން.ޔޫ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *