ޓީޗަރސް ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށައެޅުން ޖުލައި 31 ގެ ނިޔަލަށް އިތުރުކޮށްފި

ބައިނަލްއަޤުވާމީ ޓީޗަރސް ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށައެޅުމުގެ ސުންގަޑި ޖުލައި 31 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ޓީޗަރސް ކޮންފަރެންސް ބާއްވާއިރު، މި އަހަރު ބާއްވަނީ އަށް ވަނަ ކޮންފަރެންސެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އިން ބުނެފައިވާ ގޮތުގައި އެބްސްޓްރެކްޓް ހުށައަޅަންޖެހޭ ވަގުތު އިތުރުކުރީ، ތަޢުލީމީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރައްވާ އެކި ފަރާތްތަކަށް އެބްސްޓްރެކްޓް ތައްޔާރުކޮށް ހުށަހެޅުމަށް އިތުރު ވަގުތާއި ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ޓީޗަރސް ކޮންފަރެންސް މި އަހަރު ބާއްވަނީ، ސެޕްޓެމްބަރު މަހުގެ 12އިން 13 އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު އަލީ ސްކޫލުގައެވެ.

މި އަހަރު ބާއްވާ ކޮންފަރެންސްގެ ޝިޢާރަކީ ރީއިމޭޖިން، ރީތިންކް، ރިފޯމް: އެޑްވާންސިންގ އިނޮވޭޝަން ފޯރ އަ އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރއެވެ.

އެންއައިއީއިން ބުނެފައިވާ ގޮތުގައި މި ކޮންފަރެންސަށް ރިސާޗް ޕޭޕަރުތަކާއި  ކޮންސެޕްޓް ޕޭޕަރުތަކާއި ރިވިއު ޕޭޕަރުތަކުގެ އިތުރުން ޕޯސްޓަރުތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް ހުށައެޅޭނެއެވެ.

އެބްސްޓްރެކްޓްސް ހުށައަޅަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ،
  • ތަޢުލީމުގައި ހަމަހަމަކަމާއި، އިންކްލޫޝަން އަދި އިޖްތިމާޢީ ޢަދުލުވެރިކަން
  • 21ވަނަ ގަރުނުގެ ލާރނިންގ ގެ ކަރިކިއުލަމް، ޕެޑަގޮޖީ އަދި އެސެސްމަންޓް
  • ތަޢުލީމީ ލީޑަރޝިޕް އަދި ޕޮލިސީ
  • ޓީޗަރ ޓްރެއިނިންގ، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އޭޖެންސީ
  • އާޓިފިޝަލް އިންޓެލިޖެންސް، ސްޓީމް އަދި ޑިޖިޓަލް ޕެޑަގޮޖީ
  • ވެލްބީންގ، ސޯޝަލް އިމޯޝަނަލް ލާރނިންގ އަދި ރެޒިލިއަންސް
  • އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތް ދެމެހެއްޓެނިވި ގޮތެއްގައި އަދި ޒިންމާދާރު ރަށްވެހިކަން
  • ކޮމްޕެރޭޓިވް އެޑިޔުކޭޝަން އެންޑް ލައިފްލޯންގް ލާރނިންގ

އެންއައިއީއިން ބުނެފައިވަނީ، ތަޢުލީމީ ދާއިރާ އަލުން ތަޞައްވުރުކޮށް މުސްތަޤްބަލަށް އަމާޒުހިފުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ތައުލީމީ ދާއިރާގެ އެންމެގައި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *