މަތީ ސާނަވީން އެއްވަނަ ހޯދާ، ޕްރެޒިޑެންޓް ސްކޮލަރޝިޕް ހަތް ދަރިވަރުންނަށް

ސާނަވީން އެއްވަނަ ހޯދާ ޕްރެޒިޑެންޓް ސްކޮލަރޝިޕް ހޯދި ދަރިވަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެޑިޔުކޭޝަން މިނިސްޓަރު: މި އަހަރު މި ސްކޮލަރޝިޕް ހޯދީ ހަތް ދަރިވަރުން- ފޮޓޯ: ރައީސް އޮފީސް

މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހަތް ދަރިވަރުންނަށް ލިބިއްޖެއެވެ.

ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން 2025 ވަނަ އަހަރު މި ސްކޮލަރޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލެގެ ހަތަރު ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ އިތުރުން ޏ، އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

އެއްވަނަ ހޯދި ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ، މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ދިވެއްސާއި އިސްލާމް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާރޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލެއިން އޭލެވެލް ނިންމި އައިޝަތު ނަބީހާ އަމީންއާއި ލީން އަޙްމަދު ތާރިޤާއި ޔަޝާ ޝާފީ ޝަފީޤުގެ އިތުރުން އަލީ މާއިޝް މުފީދަށެވެ. ދެން ހިމެނެނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހުސައިން ޔަމީން އާއި ޏ. އޭއީސީގެ އައިޝަތު ލީން އަބްދުﷲގެ އިތުރުން އަލް ،މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ލައިލް ހުސައިން ހަމީދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *