އެންއައިއީއަށް 45 އަހަރު ފުރުން ފާހަގަކޮށްފި

އަހުމަދު ޒާހިރު
އެންއައިއީއަށް 34 އަހަރު ޚިދުމަތްކޮށްފައިވާ ފެއަރީ އަހުމަދު ޒާހިރަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ހަނދާނީ ފިލާ ދެއްވަނީ

ނެޝަނަލް އިންސްޓިއުޓް ފޯ އެޑިއުކޭޝަން ( އެންއައިއީ) އަށް 45 އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ. އެ އިންސްޓިޓީއުޓުގެ އަހަރީ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އެ އިންސްޓިޓިއުޓުގައެވެ. ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އެންއައިއީގެ މަސައްކަތު ޔުނީފޯމް ވަނީ ތައާރަފުކޮށްފައެވެ.

އެންއައިއީގައި 25 އަހަރަށްވުރެ ގިނަ ދުވަހަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ހަދާނީ ފިލާ ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި އެންއައިއީ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ  އެންއައިއީއަކީ ތަޢުލީމްގެ މިސްރާބު ވަކި ދިމާލަކަށް ގެންގޮސް ތަޢުލީމް ހާސިލްކުރާ ދަރިންގެ ކިބައިގައި ވަކި ކުލައެއް ޖައްސާ މުދައްރިސުން ކިޔަވައިދޭ ވައްޓަފާޅިއަށް ބަދަލުގެނެސް ބޮޑު ޒިންމާއެއް ހަވާލުވެފައިވާ ތަނެއް ކަމަށެވެ. އެތަން ދުނިޔޭގެ ފެންވަރަށް ތަރައްގީކުރަން ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *