ދިވެހިބަހުގެ އެކަޑަމީން އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ، ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އޮގަސްޓު 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެއެވެ.
މި މުބާރާތް ބާއްވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ވާހަކަ ދެއްކުމުގެ ބަޔާއި ބަހުސް ކުރުމުގެ ބަޔެވެ. ވާހަކަ ދެއްކުމުގެ ބައި ބެހިފައިވަނީ، ދެ ގިންތިއަކަށެވެ. އެއީ، ސްކޫލުތަކުގެ ގިންތިއާއި އަމިއްލަ ފަރާތްތަކުގެ ގިންތިއެވެ. ބަހުސް ކުރުމުގެ ބައި ޚާއްސަ ކޮށްފައިވަނީ، 16 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓު މަހުގެ 11 އިން 30އަށެވެ.
ވާހަކަ ދެއްކުމުގެ ސްކޫލުތަކުގެ ބައިގައި ހިމެނެނީ، ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) އެވެ. އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނެނީ، 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާއެވެ.
ބަހުސް ކުރުމުގެ ބައިގައި އޮފީސްތަކާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ޔުނިވަރސިޓީ، ކޮލެޖު އަދި އެކަޑަމީތަކަށް ޓީމުތަކުގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަ ދައްކަންޖެހޭ މައުޟޫޢުތައް އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ 5 ދުވަސް ކުރިން އާންމުކުރާނެ ކަމަށް ދިވެހިބަހުގެ އެކަޑަމީން ބުނެފައިވެއެވެ.
advertisment
ހިޔާލު