މަތީދަރަޖަ 11 ފަރާތަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 11 ބޭފުޅަކަށެވެ.

މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 6 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 4 ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

އެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

1. ޑޮކްޓަރ މުޙައްމަދު މުނީޒް ހ. އެލްޕާޝޯ
2. ޑޮކްޓަރ ފާޠިމަތު ނިޝާން މ. އޯޑެންއެވެނިއު
3. ޑޮކްޓަރ މުޙައްމަދު ޒާހިރު ގ. މާލެހިޔާ 1 03-18
4. ޑޮކްޓަރ މަރްޔަމް ޝަރީފާ އަގޮޓީގެ ސ. ހިތަދޫ
5. ޑޮކްޓަރ ޢާއިޝަތު ވަޙީދާ މާފަހި ޅ. ކުރެންދޫ
6. ޑޮކްޓަރ ވިސާލު މޫސާ އަންނާރުގަސްދޮށުގެ ކ. ކާށިދޫ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދަވާފައިވަނީ މާސްޓާރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސ.ހުޅުދޫ ކަށިމާގެ އަލްފާޟިލާ އާއިޝަތު ޒިލްމާއެވެ.

އަދި އެއްށަފަހު ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ :
1. އަލްފާޟިލާ އާމިނަތު ތިޒްކާރު ޔޫސުފް މ. މައިމަގުމަތީގެއާގެ
2. އަލްފާޟިލާ ޝާމިލާ އިދުރީސް ހިރުދުމާގެ ބ. ކެންދޫ
3. އަލްފާޟިލާ އާމިނަތު ހުމައިދާ ނިޔާމަ ށ. ފޯކައިދޫ

ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، މ. މަގުމަތީގޭ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *