"ނާސްތާ" މިހާރު ބޭނުން ކުރަނީ 400 ދަރިވަރުން

2019 ވަނަ އަހަރު ފެށި "ނާސްތާ" ޕްރޮގްރާމްގެ ދަށުން މިހާރު ނާސްތާ ދެނީ 400 އެއްހާ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ގާނޫނު ލިޔުނުއިރު ކޮންމެ ކުއްޖަކަށް ވެސް ހެނދުނުގެ "ނާސްތާ" ދޭންވާނެ ކަމަށް ލިޔެފައި އޮތް ނަމަވެސް ބޭނުންވާ ކުދިންނަށް ދޭ ގޮތަށް އެޑިކިޔުކޭޝަން މިނިސްޓްރީން ފަހުން ނިންމާފައިވާ ކަމަށެވެ.

ނާސްތާ ޕްރޮގްރާމް އޭރު މެދުކަނޑާލީ ކޮވިޑްއާ ގުޅިގެން

ނާސްތާ ޕްރޮގްރާމަކީ އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެފަދަ ޕްރޮގްރާމެއް ތައާރަފް ކުރާއިރު ހިންގަން ޖެހެނީ ރާއްޖެއާ ގުޅޭ ގޮތަކަށް ކަމަށާއި މިހާރު "ނާސްތާ" ދެމުން ގެންދަނީ، ނިކަމެތި ކުދިން ދެނެގަނެ އެކުދިންނަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން 2021 ވަނަ އަހަރު އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް، 213 ސްކޫލެއްގެ 49،000 ދަރިވަރުން ނާސްތާ ނަގާފައިވެއެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން 234 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

ނަސްތާ ޕްރޮގްރާމް ފެށީ 2019ގެ ޖޫން މަހުގެ 11ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *