މުދައްރިސުންގެ ދުވަސް ރާއްޖޭގައި އިއްޔެ ފާހަގަކުރަމުން ދިޔައިރު، އެސްޓީއޯއިން މުދައްރިސުންނަށް ހަދިޔާ ބަހައިފިއެވެ.
އެސްޓީއޯއިން ވަނީ މާލެ ސަރަހައްދުގެ ސޯޅަ ސްކޫލެއްގެ ކޮންމެ މުދައްރިސަކަށް މާބޮނޑިއަކާއި 250ރުފިޔާގެ ވައުޗަރެއް ހަދިޔާކޮށްފައެވެ. އެސްޓިއޯއިން ދިން ވައުޗަރު ބޭނުންކޮށްގެން އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެއެވެ.

މުދައްރިސުންނަށް ހަދިޔާ ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ފެއްޓަވައި ދެއްވުމުގެ ގޮތުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސައިން އަމްރު ވަނީ ރެހެންދި ސްކޫލްގެ މުދައްރިސުންނަށް މާބޮޑިއާއި ގިފްޓްވައުޗަރ ހަވާލުކޮށްްދެއްވާފައެވެ.

މިއީ މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެސްޓީއޯއިން ދިން ހަދިޔާއެކެވެ.
advertisment
ހިޔާލު