ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލުގެ ބައޮލޮޖީ ޓީޗަރު، ސަތީޝް ގޮޕިނަތަން ނިޔާވުމަކީ އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ކުއްލި ސިހުމެކެވެ.
ހަމަދު ސްކޫލުގައި 18 އަހަރާއި 9 މަސްދުވަހު ޚިދުމަތް ކުރެއްވި ސަތީޝް ނިޔާވިކަން އެނގުނީ، ޚަބަރެއް ނުވެގެން އޭނާ އުޅޭ ކޮޓަރި ބެލުމުންނެވެ. އެނގިފައިވާ ގޮތުގައި ސަތީޝް އުޅެމުން ދިޔައީ އެކަންޏެވެ.
ސަތީޝް ނިޔާވުމާ ގުޅިގެން ހަމަދު ސްކޫލުން ބުނެފައިވަނީ، ޝަތީޝް ކުއްލި ގޮތަކަށް ނިޔާވުމަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އޭނާގެ އިލްމާއި އޯގާތެރިކަމުން އެތައް ޖީލަކަށް މަގުދައްކައިދީފައިވާ ކަމަށެވެ.
ސަތީޝް އާއެކު މަސައްކަތް ކުރެއްވި ޓީޗަރަކު ވިދާޅުވީ، ރާއްޖޭގައި ބަޔޮލޮޖީ ޓީޗަރެއްގެ ގޮތުގައި ޒުވާން ޖީލުތައް ބިނާކުރުމަށް ސަތީޝް ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ކަމަށާއި ތައުލީމީ ދާއިރާއަށް ބެހެއްޓެވި ޝައުގުވެރިކަމާ އެއްވަރަށް، އަމިއްލަ އާއިލާއަށް ދެއްވި ލޯތްބާއި އަޅާލުންވެސް ފާހަގަކުރެއްވޭ ކަމަށެވެ.
advertisment
ހިޔާލު