ގަޑިއަށް ފަރުވާތެރިވުމަށާއި، މުރާލިވެ ޒިންމާތަކަށް ފަރުވާތެރިވުމާއި ނުރަނގަޅު ވިސްނުންތަކާއި ޚިޔާލުތަކާއި ދުރުވެ، ތޫނުފިލި ސިނކުޑިއެއް ލިބިގަންނަން ދަސްކޮށްދީ އިންސާނީ އެހީތެރިކަމަށް ގައިޑު ހަރަކާތުން ބާރުއަޅާ
ގައިޑު ހަރަކާތް ވެގެންދަނީ އަންހެނުން ބިނާކުރާ މުހިންމު ޚިދުމަތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ގަރލް ގައިޑު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމެއް ބިނާކުރުމަކީ މީހުން ބިނާކުރުން ކަމުގައި ވީހިނދު، ގައިޑު ހަރަކާތް ވެގެންދަނީ އަންހެނުން ބިނާކުރާ މުހިންމު ޚިދުމަތަކަށް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، މީހުން ބިނާކުރާއިރު އަންހެނުންނާ ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭ ކަމަށެވެ. ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި އެއީ ވަރަށް މުހިންމު ބިނާކުރުމެއްކަން ބަޔާން ކުރައްވައި އެކަމަނާ ވިދާޅުވީ، ގާލް ގައިޑުން އުފައްދާ ދެމެހެއްޓުމުން ހިމެނިގެން ދަނީ، މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.
" ގަޑިއަށް ފަރުވާތެރިވުމަށާއި، މުރާލިވެ ޒިންމާތަކަށް ފަރުވާތެރިވާން ދަސްކޮށްދޭ. ނުރަނގަޅު ވިސްނުންތަކާއި ޚިޔާލުތަކާއި ދުރުވެ، ތޫނުފިލި ސިނކުޑިއެއް ލިބިގަތުމެއް ދަސްކޮށްދީ އިންސާނީ އެހީތެރިކަމަށް ގައިޑު ހަރަކާތުން ބާރުއަޅާ. ޤައުމުގެ ޚާއްސަ ދުވަސްތަކާއި ޤައުމަށް ދިމާވާ އެކި ކާރިސާތަކުގައި ގައިޑުން، ޚިދުމަތުގެ ކުރީސަފުން ފެނިގެންދިއުމަކީ އެ ހަރަކާތަކީ މުޖްތަމަޢުގެ ބައެއްކަން ދައްކުވައިދޭ ކަމެއް" ާ" ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ޗީފް ގައިޑުގެ ހައިސިއްޔަތުން ގައިޑުންނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އެކަމަނާ ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންނަކީ ހަރުދަނާކަން ބިނާކުރާ ބައެއް، ތިޔަ ބޭފުޅުންނަކީ ހުނަރުވެރިކަން އިތުރު ކުރާ ބައެއް. ތިޔަބޭފުޅުންނަކީ ތޫނުފިލިކަން ތޫނުކުރާ ބައެއް. އަދި ތިޔަބޭފުޅުންނަކީ މަސައްކަތުގެ ފަރުވާތެރިކަމާޢި އިންސާނީ ކުލުނު ޖަމާޢާތުގައި އަށަގަންނަވާ މުހިންމު ޢައްދާމުން. މިގޮތުން އަޅުގަނޑު ތަޖުރިބާ އަޅުގަނޑަށް ބުނެދެނީ ގާލްގައިޑުގެ އަހަމިއްޔަތު."
އެކަމަނާ ވިދާޅުވީ، ގައިޑުގެ ހަރަކާތަށް 75 އަހަރުވީ ދިގު ތާރިޚުގެ ތެރެއިން އެ ޚިދުމަތުގެ ބޭނުންތެރިކަން އެކި ދުވަސްވަރު މަތިން ފެނިގެން ގޮސްފައިވާ ކަމަށާއި، މިވީ ތާރީޚުގެ ތެރެއިން މިއަހަރު ފުރަތަމަ ފަހަރަށް ގަރލް ގައިޑު ޚިދުމަތް ސަރުކާރުން ބަލައިގަނެ އެކަމަށް ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށުމަކީ މި ޚިދުމަތައް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގައި ގައިޑް ޚިދުމަތް 1950 ގެ އަހަރުތަކުގައި ފެށިގެން އައިއިރު، އޭރުވެސް ސަރުކާރުގެ ރަސްމީ މުނާސަބާތަކުގައި ކަންކަން ތަރުތީބުކޮށް އިންތިޒާމުކޮށް ހަމަޖެއްސުމަށް ގައިޑުން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އދ. މެންބަރު ޤައުމަކަށް ވުމަށް ފަހު ބޭރު ޤައުމެއްގެ ވެރިއެއްގެ ގޮތުގައި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ ރާއްޖެއަށް ވަޑައިގެންނެވިއިރު ވެސް ގައިޑުންގެ ފާހަގަކޮށްލެވޭ ދައުރެއް ފެނިގެން ދިޔަ ކަމަށް އެކަމަނާ ވިދާޅިވިއެވެ.
ގައިޑު ހަރަކާތް ކުރިއަށް ގެންދަން މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި މިހާރު ޚިދުމަތް ކުރައްވަމުންގެންދާ ފަރާތްތަކަށް މެޑަމް ސާޖިދާ ވަނީ ޝުކުރު އަދާކުރެއްވިއެވެ.
advertisment
ހިޔާލު