އަލިފުށީ ޑަބްލިޔުޑީސީން އަތުލިޔުމާއި ބޮޑުއަކުރުކުރުމުގެ މުބާރާތެއް ބާއްވަނީ

ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުލިޔުމާއި ބޮޑުއަކުރުކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވާން އަލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިއުލާން ކޮށްފިއެވެ.

އަލިފުށީ ސްކޫލާ ގުޅިގެން މި މުބާރާތް ޑަބްލިޔުޑީސީން ކުރިއަށް ގެންދަނީ އެރަށު މުއައްސަސާތަކާއި ކީ ސްޓޭޖް 3ން 5 ގެ ދަރިވަރުންނާއި އާންމުންނަށް ހުޅުވާލައިގެންނެވެ. އާންމުންގެ ތެރެއިން މި މުބަރާތުގައި ބައިވެރިވެވެނީ އެއްވެސް މުއައްސަސާއެއްގައި ނޫޅޭ ފަރާތްތަކަށެވެ.

މި މުބާރާތް  ބާއްވަނީ ޖުލައި 11 ވާ ހޮނިހިރު ދުވަހުއެވެ. އަތުލިޔުމުގެ މުބާރާތުގައި ލިޔަން ޖެހޭނީ އެކަމަށް ޚާއްޞަކޮށް ދީފައިވާ ލިޔުންކޮޅެކެވެ. މި ލިޔުންކޮޅު ލިޔަން ޖެހޭނީ ލަފުޒު ދުރުކުރުމުގެ ޤަވާޢިދާ އެއްގޮތަށް ލަފުޒު ދުރުކޮށްގެން ރީތިކޮށް އެއް ފަހަރުއެވެ. ބޮޑުއަކުރުކުރާނީ ބޭނުން ޑިޒައިނަކަށް ނުވަތަ އެއް ފޮންޓަކަށެވެ. އަތުލިޔުމާއި ބޮޑުއަކުރުކުރަން ދެނީ އެއްގަޑިއިރެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި 8 ވަނަ ދުވަހުގެ ރޭ 11:59އެވެ. ކޮންމެ މުބާރާތެއްގައި ވެސް މުއައްސަސާއަކުން ބައިވެރިވެވޭނީ ގިނަ ވެގެން 5 ބައިވެރިންނެވެ.

ކޮންމެ މުބާރާތެއްގެ ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި އެންމެ މޮޅު މުއައްސަސާއަކާއި ދަރިވަރުންގެ ބައިގައި ކީ ސްޓޭޖުން ވަނަ ހޮވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *