ވިލާ ކޮލެޖުގެ ކުރިއަށް އޮތް ސެޕްޓެންބަރު 2026 އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެއެވެ.
ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް
މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ލޯ، ޝަރީޢާ، އިސްލާމީ ފައިނޭންސް، އޯލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން، ކޯޕަރޭޓް ގަވަރނަންސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، ނަރސިންގ، ޕަބްލިކް ހެލްތް، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ޑިގްރީތައް ރާއްޖޭގައި
ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ޑިގްރީތައް ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ. މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާ ކުރުން
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ޤާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.
ދަރިވަރުންނަށް ފޯރުކޮށްދެވޭ ކިޔެވުމާއި ގުޅުން ހުރި ލާރނިންގ ސަޕޯޓް އާއި އެހެނިހެން ވަސީލަތްތައް
ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދީ އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާއަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދުވަސްތަކެއްކަމަށް ހެދުމަށް ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއްދެއެވެ. މިގޮތުން:
- ލާރނިންގ ސަޕޯޓް ބޭނުންވާ ހުރިހާ ދަރިވަރުންނަށް ގްރޫޕްކޮށް އަދި ވަކިވަކިން ލާރނިންގް ސަޕޯރޓްގެ ޚިދުމަތް
- ޕިއަރ-އެސިސްޓެޑް ލާރނިންގ
- ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
- ދަރިވަރުންނަށް ޚާއްޞަ ޖިމް ފެސިލިޓީ އަކާއި ކެމްޕަސް ތެރޭގައި އެހެނިހެން ކުޅިވަރުތައް
- ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ބޭނުން ކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި، ވީ އާރ، އާ އާރު ހިމެނޭހެން ތައްޔާރުކުރެވިފައިވާ ލާރނިންގ ހަބް
- އެކި އެކި ޕްރޮގްރާމްތަކަށް ޚާއްޞަ ކުރެވިފައިވާ 16 ލެބޯޓަރީ
ފްލެކްސިބަލް ސްޓަޑީ އޮޕްޝަންސް
ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
ކެރިއަރ ގައިޑެންސް
ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖަށް ގުޅުއްވުމުން ނުވަތަ ކެމްޕަހަށް ޒިޔާރަތް ކުރުމުން ކެރިއަރ ގައިޑެންސްގެ ފުރުޞަތު ހަމަޖެހިގެން ދާނެއެވެ.
އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީޚު: 15 އޮގަސްޓް 2026
އޮންލައިން އެޕްލިކޭޝަން www.villacollege.edu.mv : މެދުވެރިކޮށް ހުށައެޅޭނެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3303200
އީމެއިލް: info@villacollege.edu.mv
advertisment
ހިޔާލު