ހއ. އޭއީސީން އެއްވަނަ ޝަޔާން އާއި ނައުޝީން އަށް

2024-2023 ވަނަ ދިރާސީ އަހަރު، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ޝަޔާން ޝަފީޤު އާއި މަރްޔަމް ނައުޝީން އާބްދުﷲ ހޮވައިފިއެވެ.

އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދެވެ.

ޝަޔާން އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ނައުޝީން އެއްވަނައަށް ދިޔައީ މަތީ ސާނަވީންނެވެ.

ނައުޝީންއަކީ ހއ. އޭއީސީގެ ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން އިސްވާރެއްގެ ގޮތުގައި އެކި ކުލަބުތަކުގައި އިސްދައުރެއް އަދާކޮށްފައިވެއެވެ.

ޝަޔާން ވަނީ، ޝަޔާން ވަނީ، 2023-2024ވަނަ ދިވެހި ކުލަބުގެ ނާއިބްރައީސް އަދި 2024ވަނަ އަހަރު ސްކޫލް ޑެޕިއުޓީ ކެޕްޓަންކަމުގެ މަޤާމް އަދާކޮށްފައެވެ.

ސާނަވީން ދެވަނަ ހޯދީ،  މަރްޔަމް ދުޢާ އަލީއެވެ. އޭނާއަކީ ޕްރިފެކްޓަރުކަމާއި ސީނިއަރ ޕްރިފެކްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 2023-2024 ވަނަ ދިރާސީ އަހަރު ޑިސިޕްލިން އެވޯޑް ހޯދާފައިވާ ދުޢާ ޝައިން އެންޑް ހިއުމަން ރައިޓްސް ކުލަބުގެ ވައިސް ޕްރެޒިޑެންޓްކަން 2024 ވަނަ އަހަރު އަދާކޮށްފައިވެއެވެ. އަދި ޑެޕިއުޓީ ގޭމްސް ކެޕްޓަންކަން 2024 ވަނަ އަހަރު އަދާކޮށްފައިވެއެވެ. އެނާއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ ހަތްވަނަ ލިބިފައިވެއެވެ. ދުޢާ މިހާރު ކިޔަވަމުން ދަނީ ޤައުމީ ޔުނިވަރސިޓީގައި އެކައުންޓީންގ ދާއިރާއިން ކިޔަވަމުންނެވެ.

ސާނަވީން ތިންވަނަ ލިބުނީ، ސަހާ އަބްދުލް މަންނާނަށެވެ. 2020 ވަނަ އަހަރު ޕްރިފެކްޓް ބޯޑްގެ އެގި ރޭންކްތަކުގައި މަސައްކަތްކޮށްފައިވާ ސުހާ ވަނީ، 2023-2024 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ޑިސިޕްލިން އެވޯޑް ހާޞިލްކޮށްފައެވެ. ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތްވަނަ ސަހާއަށް ލިބިފައިވާއިރު، އިންގްލިޝް ކުލަބުގެ ނާއިބްރައީސް ކަމާއި ރައީސްކަން އޭނާ ކޮށްފައިވެއެވެ. އަދި 2024 ވަނަ އެންމެ ރަނގަޅު 5 ގައިޑުންގެ ތެރޭގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *