ފުރަތަމަ ޓާމުގެ އިމްތިޙާން ސްކޫލްތަކުގައި މިއަދު ފަށައިފިއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ގުރޭޑް 7ން ފެށިގެން ގުރޭޑް 10ގެ ފުރަތަމަ ޓާމުގެ އިމްތިޙާން ޖުލައި މަހުގެ 9 ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
ފުރަތަމަ ޓާމުގެ އިމްތިޙާނަށްފަހު ރިޕޯޓްފޮތް ދީ ޗުއްޓީ ލިބޭނީ 16 ޖުލައިން ފެށިގެންނެވެ. ދެވަނަ ޓާމުގެ ކިޔެވުން ދެން ފެށޭނީ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ.
މި ހިނގާ ދިރާސީ އަހަރު 190 ދުވަހު ސްކޫލް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ފުރަތަމަ ޓާމުގައި ހިމެނޭ ސްކޫލް ދުވަހުގެ އަދަދަކީ 107 އެވެ. އެއީ ކިޔަވައިދިން 84.5 ދުވަހާއި އިމްތިޙާނުތަކަށް 8 ދުވަހާއި ރިޕޯޓްފޮތް ތައްޔާރު ކުރުމަށް ހޭދަވާ 5 ދުވަހާއި ޕީޑީ ދުވަހުގެ ގޮގައި 6 ދުވަހާއި ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި ހިމެނޭ 3.5 ދުވަހެވެ. ދެވަނަ ޓާމުގައި 190 ދުވަސް ސްކޫލް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެއީ ކިޔަވައިދިން 75.5 ދުވަހާއި އިމްތިޙާނުތަކަށް 8 ދުވަހާއި ރިޕޯޓްފޮތް ތައްޔާރު ކުރުމަށް ހޭދަވާ 5 ދުވަހާއި ޕީޑީ ދުވަހުގެ ގޮގައި 1 ދުވަހާއި ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި ހިމެނޭ 2.5 ދުވަހެވެ.
advertisment
ހިޔާލު