މެލޭޝިޔާގައި ކިޔަވަން 10 ސްކޮލަރޝިފްގެ ފުރުޞަތު ޒެޑެކްސްއިން ދެނީ

މެލޭޝިޔާގައި ކިޔަވަން 10 ސްކޮލަރޝިފްގެ ފުރުޞަތަށް ޒެޑެކްސްއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ޒެޑެކްސްއިން ދެނީ، މެލޭޝިޔާގެ ކުއެސްޓް އިންޓަރނޭޝަނަލް ޔުނިވަރސިޓީގައި "ފައުންޑޭޝަން އިން ސައިންސް'" ފުރިހަމަކުރުމަށް ބޭނުންވާ ދަރިވަރުންނަށް، 100 އިންސައްތަ ޓިއުޝަން ފީއެވެ.

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޒެޑެކްސް އިން ހުޅުވާލި ސްކޮލަރޝިޕް ދަށުން، މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށާއި ސްކޮލަރޝިޕް ފުރުޞަތު ދެވޭނީ ޝަރުޠު ހަމަވާ އެންމެ 10 ދަރިވަރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށް ތިޔަ ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ޒެޑެކްސް މެދުވެރިކޮށް ގޭގައި ހުރެގެން ފަސޭހަކަމާއެކު މިހާރު އެޕްލައި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މެލޭޝިއާ ފަދަ ގައުމުތަކުގެ ފެންވަރުމަތީ ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި، ވިސާ ހޯދުމުގައި އެހީތެރިވެދިނުމާއި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުން ދަރިވަރުންނަށް މުޅިން ހިލޭ ފަހި އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި:

– ޔުނިވަރސިޓީ އަދި ކިޔަވާނެ ދާއިރާ އިޚުތިޔާރުކުރުމުގައި ކައުންސިލިންގ ދިނުން
– އެޕްލިކޭޝަން ހުށައެޅުމުގައި އެހީތެރިވެދިނުން
– ސްޓޫޑެންޓް ލޯނާއި ކިޔަވަން ދިއުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް
– ޔުނިވަރސިޓީތަކުގެ ކެމްޕަސް ޓުއާ
– ކޯސްތަކުގެ އެންމެ ފަހުގެ މައުލޫމާތު
– ސްކޮލަރޝިޕް ގައިޑެންސް
– ވިސާއާއި އިމިގްރޭޝަންގެ ކަންތައްތަކުގައި އެހީތެރިވުން
– ކުދިންނަށް އެކަމޮޑޭޝަން ހަމަޖައްސައިދިނުމުގައި އެހީތެރިވުން

މީގެ އިތުރުން، ޔުނިވަރސިޓީ ފީ ދައްކައިދިނުމުގައި އެހީތެރިވުމަކީ ވެސް ޒެޑެކްސް ސްޓަޑީ އެބްރޯޑުން ދޭ މުހިންމު ޚިދުމަތެކެވެ. އެ ގޮތުން ޔުނިވަރސިޓީ ފީ ދެއްކުމަށް ދާ ޚަރަދަށް ދާ ފައިސާ ނަގަނީ ޔޫއެސް ޑޮލަރަށް ކަނޑައަޅާފައި އޮންނަ ރަސްމީ ރޭޓްކަމަށްވާ 15.42 ރުފިޔާގެ ރޭޓުން ދިވެހި ފައިސާއިންނެވެ. ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް އަންނަމުންދާ ދުވަސްވަރެއްގައި މިއީ ޒެޑެކްސް ސްޓަޑީ އެބްރޯޑުން ފޯރުކޮށްދޭ މުހިންމު ޚިދުމަތެކެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުން ބުނީ، ރާއްޖެއިން ބޭރުގައި، ޚާއްޞަކޮށް މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެއީ އަމާޒެވެ. އެ ކުންފުނީގެ އެހީތެރިކަން ލިބިގެން އެތައް ދަރިވަރުންނެއް މިހާރުވެސް މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ކިޔަވަމުން ގެންދެއެވެ.

އިތުރު މަޢުލޫމާތާއި ޝަރުޠުތައް އޮޅުންފިލުއްވުމަށް ފޯން: 9902788 960+ އަދި ވެބްސައިޓް zedexstudy.com/apply

އިން ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *