ޒުވާން ޚަޠީބުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދެނީ

ޒުވާން ޚަޠީބުންނަށް މަތީ ތައުލީމުގެ ފުރުޞަތު ފަހިކޮށްދޭން، ސްކޮލަރޝިޕް ސްކީމެއް ތަޢާރަފު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އިސްލާމީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ، މާލެ ދާއިރާގައި ޚުޠުބާކިޔަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ މިއަދު ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޑރ، ޝަހީމް ވިދާޅުވީ، މިއަދު މަޝްވަރާކުރެވުނީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނާއި، ޒުވާން ޚަޠީބުންގެ ތެރެއިން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަރސިޓީތަކުން  ފުރުޞަތު ހޯދައިދިނުމާއި އިސްލާމީ އެކި އެކި ދާއިރާތަކުން މަތީ ތައުލީމު ޙާޞިލްކުރަން ޝައުޤުވެރި ޚަޠީބުންނަށް ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ބެހޭ ގޮތުން ކަމަށެވެ. އޭގެ އިތުރުން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނެވެ. އަދި ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ވުމަށް ޝައުޤުވެރި ޚަޠީބުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާމެދު ވެސް މަޝްވަރާކޮށްފައިވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެހެނިހެން ސަރަޙައްދުތަކުގެ ޚަޠީބުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށޫން ހަތަރު ބުރެއްގެ މަތިން 600 ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. ހާހެއްހާ ޒުވާން ޚަޠީބުން ތަމްރީނު ކުރުމަކީ އެއީ އެ މިނިސްޓްރީގެ އަމާޒެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *