ޖުލައި މަހުގެ 2ވަނަ ދުވަހަކީ "ޤައުމީ ގާލްގައިޑް ދުވަހުގެ" ގޮތުގައި ކަނޑައަޅައި، ކުލަގަދަކޮށް ފާހަގަކުރަނީ

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 2ވަނަ ދުވަހަކީ "ޤައުމީ ގާލްގައިޑް ދުވަސް"ގެ ގޮތުގައި ކަނޑައަޅައި، އެ ދުވަސް ފާހަގަކުރަން މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުން ނިންމައިފިއެވެ.

ޖުލައި މަހުގެ 2ވަނަ ދުވަހަކީ "ގައުމީ ގާލްގައިޑް ދުވަސް"ގެ ގޮތުގައި ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމަކީ އެއީ ރާއްޖޭގެ ގާލްގައިޑް ހަރަކާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށަށް ގާލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ.

މި ދުވަސް ޚާއްޞަކުރެވިފައިވަނީ ގާލްގައިޑް ހަރަކާތުގެ ތެރެއިން އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ކިބައިގައި އަށަގަންނުވައިދޭ އިސްނެގުމާއި، ޚިދުމަތްކުރުމާއި، އެކުވެރިކަމާއި، ޒިންމާދާރު ރައްޔިތަކަށްވުމުގެ ސިފަތަކުގެ އިތުރުން، އަމިއްލަ ނަފްސު ތަރައްގީކުރުމުގެ އަގުވަޒަންކުރުމަށެވެ. އަދި ހަމައެއާއެކު، އަހަރުތަކެއް ވަންދެން މި ހަރަކާތް ވަރުގަދަކުރުމުގައި ވޮލަންޓިއަރުންނާއި، ލީޑަރުން އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުން ވެދެއްވާފައިވާ މުހިންމު ޚިދުމަތްތައް މި ދުވަހު ފާހަގަކުރެވޭނެއެވެ.

މި ގައުމީ ފެންވަރުގެ އީދުގެ ތެރެއިން، އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ލީޑަރުންނަށާއި، ޒިންމާދާރު ރައްޔިތުންނަށާއި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނުވައިދޭ ބަޔަކަށް ހެދުމަށް ގާލްގައިޑް ހަރަކާތުން ކުރާ މަސައްކަތްތަކަށް އާންމުން ހޭލުންތެރިކުރުވުމަކީ މި އެސޯސިއޭޝަނުގެ ބޮޑު މަގުސަދެކެވެ.

ގައުމީ ގާލްގައިޑް ދުވަހު ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ އެސޯސިއޭޝަނުން ދަނީ ތައްޔާރު ވަމުންނެވެ. ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އެސޯސިއޭޝަނުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ގައުމީ ގާލްގައިޑް ދުވަހު ޚާއްޞަ ހަރަކާތްތައް:
  • މުޖުތަމައަށް ޚިދުމަތްކުރުމާއި ހެޔޮކަމުގެ ކެމްޕޭން (1-30 ޖޫން)

މުޅި ރާއްޖޭގައި ތިބި މެންބަރުން އިޖުތިމާއީ ޚިދުމަތުގެ ތަފާތު މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.
*  ޔުނިފޯމް އެޅުމުގެ ދުވަސް (2 ޖުލައި):

ގާލްގައިޑުންނާއި، ލީޑަރުންނާއި، އެހީތެރިން ސްކޫލްތަކާއި، ވަޒީފާގެ މާހައުލުތަކުގައި ރަސްމީ ޔުނިފޯމްގައި ހަރަކާތްތެރިވާނެއެވެ.
*  ސްކޫލް އެސެމްބްލީތައް (2 ޖުލައި):

ގާލްގައިޑް ހަރަކާތުގެ އަގުތަކާއި މަގުސަދުތަކާ ގުޅޭގޮތުން ޚާއްޞަ އެސެމްބްލީތައް ބާއްވާނެއެވެ.
*  ގައުމީ ގާލްގައިޑް ދުވަހުގެ ރަސްމީ ޖަލްސާ (2 ޖުލައި)

މާލޭގައި ބާއްވާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފްގައިޑް މެޑަމް ސާޖިދާ މުޙައްމަދެވެ. މި ޖަލްސާގައި ދިގު މުއްދަތުގެ ޚިދުމަތުގެ އެވޯޑާއި، ވޮރަންޓް ސެޓްފިކެޓްތަކާއި، ޕާމްސް އެވޯޑް ފަދަ ޝަރަފުވެރި އެވޯޑްތައް ދެވޭނެއެވެ.
ގައިޑް ފެސްޓް 2026 (15 އޯގަސްޓް):

ގާލްގައިޑް ހަރަކާތުގެ ތަފާތު ހުނަރުތައް ދައްކާލުމަށް ބާއްވާ ގައުމީ ފެސްޓިވަލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *