ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ކިޔަވާ ދިވެހި އަދި ބޭރުގެ ދަރިވަރުންނަށްދޭ ސްކޮލަރޝިޕަށް އެ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
އައިޔޫއެމްގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން އެ ޔުނިވަރސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދެނީ، 20 ސްކޮލަރޝިޕެވެ. އެއީ މާސްޓަރސްއަށް ކިޔަވަން ދޭ 5 ސްކޮލަރޝިޕާއި ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ 5 ސްކޮލަރޝިޕްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ފެންވަރަށް ކިޔަވަންދޭ 10 ސްކޮލަރޝިޕްގެ ފުރުސަތެވެ.
އައިޔޫއެމްގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ދެނީ، މާސްޓަރސް ހަދަންދޭ ތިން ސްކޮލަރޝިޕާއި ބިޗްލާސް ޑިގްރީ ހަދަން ދޭ ދެ ސްކޮލަރޝިޕްގެ ފުރުޞަތެވެ.
އައިޔޫއެމްގެ ސްކޮލަރޝިޕް ދެނީ އެ ޔުނިވަރސިޓީގައި ހިންގާ ކޯސްތަކުގައި ކިޔަވާށެވެ. މި ސްކޮލަޝިޕްތަކަށް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 8ވަނަ ދުވަހެވެ.
ސްކޮލަޝިޕް ދިނުމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ،
- ދެވަނަ ޓާމުގައި އައިޔޫއެމްގައި އަލަށް ކިޔަވަން ރަޖިސްޓްރީކޮށްފައިވާ ދަރިވަރަކު ކަމުގައިވުން
- ފުލްޓައިމް މޯޑުގައި ކިޔަވާ ދަރިވަރަކު ކަމުގައިވުން
- އެހެން އެއްވެސް ސްކޮލަރޝިޕެއް ލިބި އެ ސްކޮލަރޝިޕް ހިނގަމުން ނުދިޔުން
- މީގެ ކުރިން ޔުނިވަރސިޓީގެ އެއްވެސް ސްކޮލަރޝިޕެއް ލިބިފައިވާ ދަރިވަރެއް ނަމަ ސްކޮލަރޝިޕް ފުރިހަމަކުރިތާ 3 އަހަރު ފުރިފައިވުން
- މާސްޓަރސް ކޯހުގެ ސްކޯލާރޝިޕަށް ކުރިމަތިލާ ދަރިވަރުންނަކީ އަންޑަގްރެޖުއޭޓް ކޯހުގެ ސީޖީޕީއޭ މަދުވެގެން 2.5 ލިބިފައިވާ ދަރިވަރުންކަމުގައިވުން
އައިޔޫއެމްއިން އެކުލަވާލާފައިވާ ސްކޮލަރޝިޕު ދޭ އުޞޫލުގައިވާ ގޮތުން ދަރިވަރުން ހޮވުމުގައި ބަލާނެ ކަންތައްތަކަކީ، އެންމެ ފަހުން ނިންމި ކޯހުގެ ނުވަތަ ޘާނަވ/ީމަތީ ޘާނަވީ އިމްތިހާނުތަކުގެ ނަތީޖާ އަށާއި ދަރިވަރުގެ އިސްނެގުމާއި އިސްވާރުވެރިކަމުގެ މައްޗަށެވެ.
ސްކޮލަރޝިޕް ލިބުމަށްފަހު އެ ފުރުޞަތު އެހެން ސެމިސްޓަރއަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި ސްކޮލަރޝިޕް ލިބޭ ދަރިވަރަކަށް އައިޔޫއެމްއިން ދައްކައި ދޭނީ ފީ އެކަނި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
advertisment
ހިޔާލު