މުޙައްމަދު ޖަމާލުއްދީން ސްކޫލުން އެއްވަނަ އީން އަށް

2025-2025 ވަނަ ދިރާސީ އަހަރު މުޙައްމަދު ޖަމާލުއްދީން ސުކޫލް (އެމްޖޭއެސް) އިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް މަރިޔަމް އީން ސަޢީދު ހޯދައިފިއެވެ.

މުޙައްމަދު ޖަމާލުއްދީން ސުކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޕްރިންޓެންޑެންޓް، އިސްމާޢިލް ސައުދުﷲއެވެ.

ހުރިހާ ގޮތަކުން އެއްވަނަ ހޯދި އީން ވަނީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. އީން އަށް ލިބުނީ ތިން އޭ އާއި 5 އޭ ސްޓަރއެވެ. އަދި އޭނާއަކީ ކިޔެވުމަށް އެންމެ މޮޅު ގާލްގައިޑެވެ. އީންގެ އިތުރުން ޤައުމީ ގަދަ ދިހައެއްގައި ޢާއިޝަތު ޝައިމާ ޝާމީމާއި ޔޫސުފް ޔޫން މުޙައްމަދު ޙުސައިން ހިމެނިފައިވެއެވެ. ޝައިމާ އަށް ސާނަވީ ނިންމާ އިމްތިޙާނު ތަކުން ލިބުނީ، ޤައުމީ ގަދަ ދިހައެއްގެ 10ވަނައެވެ. ޔޫން އަށް ލިބުނީ، އެއް އޭ އާއި ހަތް އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ އެވެ.

ތައުލީމީ ގޮތުން އެމްޖޭއެސްގެ ވަނަތައް:

  • ފާތިމަތު ޝައުކާ ފަހީމް، 10ބީ – ސްކޫލްގެ ގަދަ 5 ގެ 5 ވަނަ
  • ޢާއިޝަތު ޝައިނާ މުޙައްމަދު، 10އެސް – ސްކޫލްގެ ގަދަ 5 ގެ 5 ވަނަ
  • އާމިނަތު ލީން މުޙައްމަދު، 10އެސް – ސްކޫލްގެ ގަދަ 5 ގެ 4 ވަނަ
  • ޢާއިޝަތު ޝައިމާ ޝަމީމް، 10ބީ – ސްކޫލްގެ ގަދަ 5 ގެ 3 ވަނަ
  • 5މަރިޔަމް އީން ސަޢީދު، 10އެސް –  ސްކޫލުގެ ގަދަ 5 ގެ 2 ވަނަ
  • ޔޫސުފް ޔޫން މުޙައްމަދު ޙުސައިން، 10އެސް – ސްކޫލްގެ ގަދަ 5 ގެ ފަޙުރުވެރި 1 ވަނަ

ކިޔެވުމަށާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކެޑޭޓަކަށް ހޮވުނީ، ފާތިމަތު ހަނީން ހުސައިނެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ގާލްގައިޑަކަށް ހޮވުނީ ފާތިމަތު ރައިނާ ރާޒީއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *