މާލެ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފޯމު ހުށައެޅުން ޖުލައި 2ގެ ނިޔަލަށް

މާލެ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފޯމު ހުށައަޅަންޖެހޭ އެންމެ ފަހުގެ ސުންގަޑިއަކީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ އެ ސްކޫލުން ކިޔަވަން ފަށާ ދެވަނަ ބެޗެވެ. ފުރަތަމަ ބެޗްގައި ފަސް ދާއިރާއަކުން 60 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައި އެ ސްކޫލަށް ޚާއްޞަކޮށްފައިވާ ފަންގިފިލާގައެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ކިޔަވަމުން ދަނީ، ދެ އަހަރު ދުވަހުގެ ކޯސްތަކެކެވެ. އެ ސްކޫލުން ދޭނީ ޔުނިވަރސިޓީއަކުން ޑިގްރީއެއް ނޫނީ ޑިޕްލޮމާއެއް ފުރިހަމަ ކުރަން އެމްކިޔުއޭއިން ޤަބޫލުކުރާ ލެވެލް 4ގެ ސެޓްފިކެޓެކެވެ. މިހާރު ކުރިއަށްދާ ބެޗްގައި ކިޔަވައިދެމުން ގެންދަނީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓެވެ.

މަތީ ސާނަވީގެ މަޖްބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް ވެސް އެ ސްކޫލުގެ ދަރިވަރުން ކިޔަވައެވެ.

ތައުލީމީ ވުޒާރާއިން ކުރިން ބުނެފައިވަނީ، ވޮކޭޝަނަލް ޕާތްވޭއިން 500 ކުދިންނަށް ފުރުޞަތު ދިނުމަކީ އަމާޒެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *