އުޞޫލު ގެޒެޓްކުރި ފަހުން ރާއްޖެއިން ބޭރުގެ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ނުހިންގަން: އެވިޑް ކޮލެޖް
އުޞޫލު ގެޒެޓްކުރި ފަހުން ރާއްޖެއިން ބޭރުގެ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.
2 ޖޫން 2026 "ވީ އާދީއްތަ ދުވަހު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ) އިން ނެރުނު ނޫސްބަޔާނުގައި އެވިޑް ކޮލެޖަށް ނިސްބަތްކޮށް ފާހަގަކޮށްފައިވާ ކަންތައްތައް ސާފުކޮށް ދިނުމަށްޓަކައި، އެ ކޮލެޖުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި އަހަރުތަކުގައި ބައިނަލް އަޤްވާމީ، ތަޢުލީމީ، މުއައްސަސާތަކާއެކު ޢިލްމީ، "އެތައް ގުޅުންތަކެއް ކަށަވަރު ކޮށްފައިވާ ކަމަށެވެ. އެކަންވާނީ އެމްކިޔުއޭ ޙިއްސާކުރެވިފައިވާން ފާހަގަކޮށްފައެވެ.
އެމްކިޔުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު ވުޖޫދަށް އައީ 10 ސެޕްޓެމްބަރު 2025ގައި ކަމަށާއި، އެ އުޞޫލުގެ ދަށުން އެމްކިޔުއޭއިން ވަނީ 18ޖޫން 2026 ގައި އެވިޑް ކޮލެޖަށް ތައުދީބީ ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާން ކޮށްފައިކަން އެ ބަޔާނުގައި ބުނެފައިވެއެވެ.
އެވިޑްގެ ބަޔާނުގައި ބުނެފައިވަނީ، އެމްކިޔުއޭއިން ފިޔަވަޅު އެޅިއިރު، އެ ކޮލެޖުން ކަމާ ގުޅުން ހުރި މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް، ކަންހިނގައިދިޔަ ގޮތް ހޯދާފައި ނުވާކަމަށެވެ.
އެވިޑުން ބުނެފައިވަނީ، އެމްކިޔުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދަށް އަމަލުކުރަން ފެށިފަހުން ބައިނަލް އަޤްވާމީ، ތަޢުލީމީ، މުއައްސަސާތައް މެދުވެރިކޮށް އެއްވެސް، ކޯހެއް ހިންގާފައިނުވާނެ ކަމަށެވެ. އަދި މިތާރީޚުގައި، އެ އުޞޫލް ގެޒެޓްކުރެއްވުމާއި ގުޅިގެން،، އެއްސޫލާއި ޚިލާފްވާގޮތަށް، އެއްވެސް، މުޢާމަލާތެއް ނުކުރެވޭނެކަމަށްވެސް އެވިޑްކޮލެޖް އިން ވާނީ، އެ ބައިނަލް އަޤްވާމީ ތަޢުލީމީ، މުއައްސަސާތަކަށް އަންގާ، އެކަން އެމްކިއުއޭގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ.
advertisment
ހިޔާލު