މަޖީދިއްޔާއަށް 100 އަހަރު ފުރެން 300 ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޔަވައްޗަށް 300 ފޮތް ހަދިޔާކޮށްފި

މަޖީދިއްޔާއަށް 100 އަހަރު ފުރެން 300 ދުވަހަށްވުމާ ގުޅިގެން ފިޔަވައްޗަށް ފޮތް ހަދިޔާކޮށްފިއެވެ.

މުޖުތަމައަށް ފައިދާހުރި ކަމެއް ކުރުމުގެ މަގުސަދުގައި، އެ ސްކޫލުގެ ފަރާތުން ފިޔަވައްޗަށް 300 ފޮތް ހަދިޔާކުރީ މިއަދުއެވެ.

މި މުހިންމު ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ މަޖީދިއްޔާގެ އާއިލާގެ ފަރާތުން ލިބުނު ދީލަތި އެހީތެރިކަމާއި ބޮޑު އެއްބާރުލުމެއްގެ ސަބަބުން ކަމަށް މަޖީދިއްޔާ ސްކޫލުންބުނެއެވެ.

"ތިޔަބޭފުޅުންގެ މި އެހީތެރިކަމަކީ ކިޔުމުގެ އުފާވެރިކަން ފަތުރައި، ކުޑަކުދިންގެ ހިތްތަކުގައި އައު ކަންކަން އުނދަގޫތަކެއް ނެތި ދަސްކުރުމާއި، އުއްމީދުތައް އާލާކުރުމަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެކް މި ހަރަކާތް ކާމިޔާބު ކުރުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށް، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި ދެމިތިބޭނަން" މަޖީދިއްޔާ ސްކޫލުން ފޭސްބުކުގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

މަޖީދިއްޔާއަށް 100 އަހަރުފުރެން 300 ދުވަސް މިއަދު ފަށާއިރު، 300 ދުވަހާއި 200 ވަނަ ދުވަހާ ދެމެދުގައި މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އޭގެތެރޭގައި މަޖީދިއްޔާގެ ކެއަރގެ ދަށުން ފޮތް ހަދިޔާ ކުރުމާއި އެ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯ މައުރަޒެއް ބޭއްވުން ހިމެނެއެވެ. ފޮޓޯ މައުރަޒު ބާއްވަނީ ޖުލައި މަހުގެ 14-15 އަދި 18 ވަނަ ދުވަހުއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އެގޮތުން އަހަރީ ދުވަހާ ހަމައަށް ކޮންމެ 100 ދުވަހަކަށް އަމާޒުކޮށްގެންް ހަރަކާތްތަކެއް ކުރިއށް ގެންދަން ވަނީ ރާވާފައެވެ. މަޖީދިއްޔާއަށް 100 އަަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *