2024 ވަނަ ދިރާސީ އަހަރު ހިރިލަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަޤާމް ޢާއިޝަތު ރާޔާ ރަޝީދު ހޯދައިފިއެވެ.
2024 ވަނަ އަހަރު ހިރިލަންދޫ ސްކޫލުގެ ކެޕްޓަންގެ ޒިންމާވެސް އަދާކުރި ރާޔާވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ ހަތްވަނަ ހޯދާފައެވެ. އަދި ރާޔާ ވަނީ، އެ ސްކޫލުގެ ނޫބައިގެ އަންހެން ކެޕްޓަންކަމާއި ސްޕޯޓްސް ކެޕްޓަންގެ މަގާމް ވެސް އަދާކޮށްފައެވެ.

ކިޔެވުމަށް ޚާއްޞަ އިސްކަމެއްދިން ރާޔާގެ "ކިޔަވާ މޭޒަކީ" ރަހުމަތްތެރިންނާއި އާއިލާގެ ތެރޭގައި ވެސް މަޝްހޫރު އެއްޗެކެވެ. ވައިޓް ބޯޑަކާއި ފޮތްލާނެ ރެކެކާއި މިހާތަނަށް ލިބުނު ކާމިޔާބީތައް ފެންނާނެހެން ޓްރޮފީތަކާއި ސެޓްފިކެޓްތައް ބަހައްޓާނެ ޚާއްޞަތަނެއް ވެސް އެ މޭޒާއެޓޭޖްކޮށްފައި ހުރެއެވެ.

ރާޔާއަކީ ކިޔެވުމާއެކު ކަސްރަތަށް ވެސް ސަމާލުކަން ދިން ދަރިވަރެކެވެ. ކިޔެވުމުގެ ތެރެއިން ނަގާ ހުސްވަގުތުގެ ބޭނުން ކަސްރަތު ކުރުމުގައި ހޭދަކުރެއެވެ. އެކަން ވެސް އިންތިޒާމް ކޮށްފައި އޮންނަނީ ކިޔަވަން އިންނަ މޭޒާ ކައިރީގައެވެ.

ހިރިލަންދޫ ސްކޫލުގައި ކިޔަވަމުން ދިޔައިރު، ޤާރީ ކޯސް ލެވެލް 1އަދި 2 ރާޔާ ވަނީ ނިންމާފައެވެ.
ރާޔާއަކީ އަދަބީ ހަރަކާތްތަކާއި ޤުރްއާން މުބާރާތްތަކުގއި ބައިވެރިވެ ތަފާތު ވަނަތައް ހޯދި ދަރިވަރެކެވެ.
advertisment
ހިޔާލު