އެމްއެންޔޫއެސްޔޫގެ 13ވަނަ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ލޯ ފެކަލްޓީއަށް

އެއްވަނަ ބަހުސްކުރުންތެރިއަކަށް އެފްއެސްއެލްގެ އަލާއު، ވާހަކަ ދެއްކުމުގެ ކެޓަގަރީން އެއްވަނަ އެފްއީގެ ޢާއިޝާއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ 13ވަނަ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ޝަރީޢާއިން ލޯ (އެފްއެސްއެލް) އިން ހޯދައިފިއެވެ. ފައިނަލުގައި އެ ފެކަލްޓީން ވާދަކުރީ ސްކޫލް އޮފް މެޑިސިން (އެސްއެމް)އާއެވެ.

ފައިނަލުގައި އެސްއެމްއަށް ލިބުނީ 849.5 ޕޮއިންޓެވެ. އެފްއެސްއެލްއިން 1047.5 ޕޮއިންޓް ހޯދިއެވެ.

ބަހުސް މުބާރާތުން އެއްވަނަ ހޯދި އަލާއުއާއި ވާހަކަ ދެއްކުމުގެ ބައިން އެއްވަނަ ހޯދި ޢާއިޝާ

އެފްއެސްއެލް ފައިނަލަށް ދިޔައީ ސެމީގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އެސްއެމްއިން ފައިނަލަށް ދިޔައީ ސެމީގައި އެމްއެންޔޫ ބިޒްނަސް ސްކޫލާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

ފައިނަލުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ބަހުސްކުރުންތެރިއަކީ އެފްއެލްއެސްގެ އަޙްމަދު އަލާއު އިސްމާއިލެވެ. ބަހުސް މުބާރާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ވާހަކަ ދެއްކުމުގެ ބައިން އެއްވަނަ ހޯދީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޢާއިޝާ އަޙްމަދެވެ.

އެމްއެންޔޫއެސްޔޫގެ ބަހުސް މުބާރާތަކީ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ބަހުސްކުރުމުގެ ހުނަރާއި ޤާބިލުކަން އިތުރު ކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި އެމްއެންޔޫގެ ފެކަލްޓީތަކުގެ އިތުރުން އިސްލާމީ ޔުނިވަރސިޓީން ވެސް ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *