2024 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުން އެއްވަނަ ފާތިމަތު ސާރާ ނަޛީރު ހޯދައިފިއެވެ. އެ ސްކޫލުން ދެވަނަ ހޯދީ އިސްމާއިލް ޒާއިންއެވެ. ތިންވަނަ ހޯދީ އަނާން ބިންތި މުޙައްމަދު ނިޔާޒެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބޭއްވީ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ، ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ހުސައިން ސައީދެވެ.

އެއްވަނައަށް ދިޔަ ސާރާއަކީ 2024 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ އަންހެން ކެޕްޓަނެވެ. އަދި އޭނާ ވަނީ ސާނަވީ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނާސް އެވޯޑްގެ އިތުރުން އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދާފައިވެއެވެ.
ސާރާވަނީ، އަދަބީ ގިނަ މުބާރާތްތަކުން ޤައުމީ ފެންވަރުގެ ވަނަތައް ހޯދާދީފައެވެ. އޭގެ ތެރޭގައި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމާއި ޅެންހެދުމާއި ވާހަކަ ލިޔުމުގެ މުބާރާތް ހިމެނެއެވެ.

ދެވަނައަށް ދިޔަ ޒާއިންއަކީ 2024 ވަނަ އަހަރު އެ ސްކޫލުގެ ފިރިހެން ކެޕްޓަނެވެ. އަދި އޭނާ ވަނީ ސާނަވީ ނިންމާ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނާސް އެވޯޑް ވެސް ޒާއިން ހޯދާފައިވެއެވެ.

ތިންވަނައަށް ދިޔަ އަނާނަކީ 2024 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނާސް އެވޯޑް ހޯދާފައެވެ.
advertisment
ހިޔާލު