އިމާމް އައްނަވަވީގެ 40 ޙަދީޘް(الأربعون النووية) ދަސްކުރުމުގެ މުބާރާތެއްގައި ބައިވެރިވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ، ހަ އަހަރުން މަތީގެ އުމުރުފުރައަށް ޚާއްޞަ މި މުބާރާތް ކުރިއަށް ގެންދަނީ ދެ މަސްދުވަހުގެ މުއްދަތަށެވެ. މިއީ، އިސްލާމިކް ތަރުބިއްޔަތާއި ކައު އިތުރު ރަސޫލާ ﷺ ގެ ސުންނަތަށް ދިވެހި މުޖުތަމަޢުގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫންއެވެ.
advertisment
ހިޔާލު